ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުހަރުގެ ހަށިގަނޑު މާލެ ގެނެސް މިރޭ ޖަނާޒާ ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އާދަމް އަތުހަރު ދަންޖެހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވުވުމުން ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު މާލެ ގެނެސްފި އެވެ.

ފުލުހުން އަތުހަރު ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އެ އަންހެން މީހާ ރަހީނު ކުރުމަށް އަތުހަރު ކުރި މަސައްކަތުގެ ތެރެއިންނެވެ.

އަންހެނަކު ރަހީނުކޮށްގެން ސައިކަލުގައި ފިލަން މަސައްކަތްކުރަނިކޮށް ފުލުހުން އަތުހަރު ހުއްޓުވީ އޭނާގެ ބޮލަށް މުގުރުން ހަމަލާ ދިނުމަށް ފަހުގައެވެ. އެއަށް ފަހު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އޭނާ ހޮޑުލާތީ ދެވަނަ ފަހަަރަށް އޭޑީކޭ ހޮސްޕިޓަލަށް އޮބްޒަވޭޝަން އަކަށް ވަނީ ގެންގޮސް ފައެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދަށް ގެންދިޔައީ އޭގެ ފަހުންނެވެ.

ހޮސްޕިޓަލުން ޖަލު ބަންދަށް ގެންދިޔަ ފަހުން އަތުހަރު އަމިއްލައަށް ދަންޖެހިފައި ވަނިކޮށް ފެނިގެން ފަރުވާދެމުން ދަނިކޮށް ނިޔާވީ މި މަހުގެ 2 ގަ އެވެ. އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ، ޖަލުގައި ނިޔާވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ އުސޫލުގެ ތެރެއިންނެވެ.

ޕޯސްޓްމޯޓަމްއަށް ފަހު އަތުހަރުގެ ހަށިގަނޑު މާލެ ގެނައީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެއަށް ފަހު މިރޭގެ 22:00 ގައި ހުޅުމާލޭ ސަހަރާ މިސްކިތް (މަސްޖިދު ޒައިދުބިން ޘާބިތު) ގައި ޖަނާޒާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އަތުހަރު ފެނުނު ވަގުތު ޖަލު ގޮޅި ހުޅުވައި، އޭނާ ތިރީގައި ބޭއްވުމަށްފަހު 07:05 ގައި ސްޓްރެޗަރަށް ލައިގެން ގޮޅިން ވަނީ ނެރެފައެވެ. އަދި އޭގެ މިނިޓެއްފަހުން 07:06ގައި ދޫނިދޫ ކުލިނިކަށް ގެންގޮސް ޑޮކްޓަރު އޭނާގެ ހާލަތު ބެލުމަށްފަހު 07:14ގައި އޭނާ ވަނީ ލޯންޗުގައި މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިއުމަށް އޭގެ ތިން މިނެޓުފަހުން 07:17ގައި އެމްބިލާންސަށް އޭނާ ވަނީ އަރުވައިފައެވެ. އަދި 07:25ގައި އައިޖީއެމްއެޗްގެ އިމާޖެންސީއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ހިއްސާކުރި ޓައިމްލައިނުން ދައްކައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވަނިކޮށް މަރުވެފައިވާ އާދަމް އަތުހަރުގެ ހައްޔަރާއި، މަރުވި ގޮތާއި، ބެހޭގޮތުން އިންސާފުވެރި އަދި މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ބަޔާނެއް ނެރެފައެވެ. އަދި އަތުހަރުގެ ހައްޔަރާއި އަދި މަރުވުމަށް ދިމާވި ހާލަތުތައް މިނިވަންކަމާއި، އިންސާވުވެރިކަމާއި، ފުރިހަމަ އަދި ހާމަކަން ބޮޑުގޮތެއްގައި ތަހުގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ކަމާއި ގުޅުން ހުރި އެންމެހާ ދައުލަތުގެ މުއައްސަސާތަކަށް ޓްރާންސްޕޭރެންސީ ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: