ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ޝަރީއަތް ފަށައިފި

ޝަމީމަށް ހަމަލާދިން މައްސަލާގައި ދައުވާލިބޭ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާ ދިން މައްސަލައިގެ ޝަރީއަތް ފަށައި ދައުވާ ލިބޭ މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން ފުރުސަތު ދީފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ގައި ޝަމީމަށް ބަޔަކު ހަމަލާ ދީފައި ވަނީ، ދަރިފުޅު ސްކޫލަށް ގެންދިއުމަށް ފަހު އެނބުރި ގެއަށް ވަޑައިގަންނަވަނިކޮށް އޭނާ ދިރިއުޅުވާ ގެ ކައިރިންނެވެ. ޝަމީމަށް ފާރަލަމުން ގޮސް މަރުތޭލަކުން ދިން އެ ހަމަލާގައި އަނިޔާވެފައި ވަނީ އޭނާގެ އަތަށެވެ. އަދި އޭގެ ފަހުން ސިފައިން ޝަމީމްގެ ސެކިއުރިޓީ ވަރުގަދަ ވެސް ކުރި އެވެ.

ޝަމީމް ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް ހަމަލާ ދިން މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓު މަހު އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންނަކީ:

  • ޝަމާލް ހުސައިން (21އ)، މުސްތަރީގެ، ތ. ގާދިއްފުށި
  • ޒަޔާން ނަސީރު (23އ)، ކެމީހިޔާ، އދ. މާމިނގިލި
  • އަބާން އަބްދުލްހައްނާން (23އ)، ރުވާ، ތ. ދިޔަމިގިލި
  • ރަޖުވާން ލަތީފު (22އ)، މުރިނގު، ލ. މާމެންދޫ
  • މިދުހަތު އާދަމް (24އ)، ރިވެލި، ރ. އަލިފުށި
  • މުހައްމަދު ޖަޒްލާން (22އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން
  • އަހުމަދު މައިސާން ހާޝިމް (20އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެ

މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ދައުވާ ލިބޭ ހަތް މީހުންގެ ތެރެއިން ހަ މީހުންގެ ފަރާތުން އެދިފައި ވަނީ ވަކީލުން އައްޔަނު ކުރުމުގެ ފުރުސަތަކަށެވެ. އެހެންވެ މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވަނީ ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ދައުވާ އުފުލާފައިވާ ހަތް މީހުންގެ ތެރެއިން، ފުލުހުންގެ އިދާރީ އޮޅުމެއްގެ ސަބަބުން މައިސާން ކޯޓަށް ހާޒިރުކޮށްފައި ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ބަންދުގައި ތިބި މީހުން ވަނީ އެ މީހުންނަށް ބޭސްފަރުވާގެ ފުރުސަތު ނުލިބޭކަމުގެ ޝަކުވާކޮށްފަ އެވެ. ދެ މީހެއްގެ ސިއްހީ ފަރުވާ ނުލިބޭކަމަށް ކޯޓުގައި ބުނުމުން، އެކަން ހިނގާފައިވާ ގޮތެއް ބެލުމަށް ދައުލަތުގެ ވަކީލުންނަށް ގާޒީ ވަނީ އަންގަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 40%ހައިރާންވެއްޖެ 40%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: