ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި ވަޒީފާދޭ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިއުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތަކަށް ބަދަލު ގެނެސްފި އެވެ.
ހޯމް މިނިސްޓްރީ އާންމު ކުރި ބަޔާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް މިނިސްޓްރީ ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި ވަޒީފާދޭ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިއުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތައް ވަނީ މުރާޖައާކޮށް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ދެނެގަނެވޭނެ ގޮތަށް ބަދަލު ގެނެސްފައިކަމަށް މިނިސްޓްރީ ބުންޏެވެ.
މި ބަދަލުތަކަކީ މިނިސްޓްރީ ބުނެފައިވާ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމާއި ގުޅިގެން މިނިސްޓްރީން ދޭ އެކިއެކި ހިދުމަތްތަކާއި ގުޅިގެން ހުށަހަޅާ ފޯމުތައް އަދި ވަޒީފާ ދޭ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަކަށް ވަކިކޮށް އެ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެ ފޯމުތަކުގައިވާ މައުލޫމާތުތައް ސައްހަކަން ކަށަވަރު ކުރުމަށް ގެނެވެނު ބަދަލެއް ކަމަށެވެ.
އެގޮތުން މިއީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމާއި ގުޅިގެން މިނިސްޓްރީން ދޭ އެކިއެކި ހިދުމަތްތަކާއި ގުޅިގެން ހުށަހަޅާ ފޯމުތައް ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަކަށް ވަކިކޮށް އެ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެ ފޯމުތަކުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ގެނައި ބަދަލެއްކަމަށް މިނިސްޓްރީ ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން މަސައްކަތް ކުރާ ވޯކް ސައިޓް ރެޖިސްޓްރީ ކުރުމަށް ހުށަހަޅާ ލިޔެކިއުންތަކުގެ ތެރޭގައި މަސައްކަތުގެ ބާވަތްތައް ބަލައި ގެނައި ބަދަލުތައް މިނިސްޓްރީ ވަނީ އާންމުކޮށްފަ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ ފޯމު ހުށަހަޅާނެ ގޮތުގެ ތަފްސީލުތައް އާންމުކޮށްފައިވާނެކަމަށާއި، އެ ނޫން ގޮތަކަށް ހުށަހަޅާ ފޯމުތައް ބަލައިނުގަންނާނެ ކަމަށެވެ.

