ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ތައިލެންޑުގެ ގުޅުން ބިނާވެފައި ވަނީ އިތުބާރާއި އިހުތިރާމްގެ މައްޗަށް: ޒަމީރު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި އަރިހުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ތައިލެންޑްގެ ޒަމާންވީ ގުޅުމަކީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ތައިލެންޑްގެ ހާރިޖީ ވަޒީރުކަމަށް މަރިސް ސަންގި އަމްޕޮންގްސާ އައްޔަނު ކުރުމުން، އެކަމަށް މަރުހަބާ ވިދާޅުވެ ފޮނުވި މެސެޖެއްގައި ޒަމީރު ވިދަޅުވީ ދެ ގައުމުގެ ދެމެދުގައި އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ.

ޒަމީރު ވިދާޅުވީ މިދިޔަ އަހަރުތަކުގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އާލާވެ ބަދަހިވަމުން އަންނަ ގާތް ރަހުމަތްތެރިކަމުގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށެވެ.

ދެ ގައުމުގެ މެދެގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެ ގައުމަށް ވެސް ފައިދާ ކުރަނިވި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން މަސައްކަތް ކުރުމުގެ އުންމީދު ކުރައްވާކަމަށް ޒަމީރު ފޮނުއްވި މެސެޖުގައި ވަނީ ވިދާޅުވެފަ އެވެ.

ތައިލެންޑާއި ރާއްޖޭގެ ގުޅުން ވަރުގަދަ ކުރުމާއި ގުޅޭގޮތުން ޒަމީރު މެސެޖެއް ފޮނުއްވިއިރު، ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ 70 އިންސައްތައަކީ ގަނަޑު ކުރި މަހުގެ ގޮތުގައި ތައިލެންޑަށް ވިއްކާ މަސްކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ރާއްޖެއިން މަސް އެކްސްޕޯޓު ކުރި ޖުމްލަ ބަރުދަނުގެ ނިސްބަތުން ފާއިތުވި 03 އަހަރު ތައިލެންޑަށް ވިއްކި ގަނޑު ކުރި މަހުގެ ނިސްބަތް ހުރީ 59 އިންސައްތަ އާއި 69 އިންސައްތައިގެ ދެމެދުގަ އެވެ.

މީގެއިތުރުން އާސަންދައިގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ޔޫއޭއީ އަދި ތައިލެންޑުން ވެސް އެ ޚިދުމަތް ލިބޭގޮތަށް ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ތައިލެންޑަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާއިރު އެކަން ކުރައްވާނީ އެކޮމަޑޭޝަންގެ ހަރަދުވެސް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާ ގޮތަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: