ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު ރާއްޖެއަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައުސްމާލު ނެތުން: ރައީސް

"ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އޮފް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް-ޑިރިވަން ފިއުޒާ ފޯ މޯލްޑްސް" ގެ ފެށުމުގެ ރަސްމިއްޔާތު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ރާއްޖެއަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައުސްމާލު ނެތުންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އޮފް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް-ޑިރިވަން ފިއުޒާ ފޯ މޯލްޑްސް“ ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ވަރަށް ގިނަކަމަށެވެ. އެގޮތުން ޑިޖިޑަޓަލައިޒޭޝަނުން މުސްތަގްބަލް ބައްޓަންވަމުންދާ ގޮތް ފާހަގަކުރައްވާ، މިހާރު މިކަމުގެ ބައެއް ވަސީލަތްތައް ގާއިމް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގިނަ ގުނަ މަންފާތަކެއް ވާނެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ދިރިއުޅުމުގެ ފެންވަރުވެސް ރަނގަޅުވެގެންދާނެކަމަށެވެ. ސަރުކާރުން ޑިޖިޓަލައިޒޭޝަންއަށް ގެންގުޅޭ އަމާޒަކީ ޑިޖިޓަލް ލިޓްރޭސީން ރައްޔިތުން ބާރުވެރިކުރުވުންކަމަށާއި، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އުފެއްދުންތެރިންނާއި އިނޮވޭޓަރުން ކުރިއަށް ނެރުންކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމަށް އަހުލުވެރިކުރުމަށް ޒުވާނުންނަށް ތަމްރީނުތައް ދެމުން ގެންދާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ގައުމުގެ މައިބަދަކަމަށްވާ އަންހެނުންވެސް މި ދާއިރާއަށް އަހުލުވެރިކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންކަމަށެވެ.

ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިކަމުން އަރައިގަތުމަށްޓަކައިވެސް ޓެކޮނޮލޮޖީ ވަރަށް މުހިންމުކަމަށާއި، މޫސުމާއި ގުޅިގެން ކުރިއާލައި އިންޒާރު ދޭ ސިސްޓަމްތައް ހުންނާތީ ފަސޭހަތައްވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ފާގަތި މުޖުތަމައުއެއް ބިނާކުރުމަށް މުހިންމު އެހީއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ކުޑަ ގައުމެއް ނަމަވެސް، ޓެކޮނޮލޮޖީގެ ބޭނުންކޮށްގެން ރާއްޖެއަށްވެސް މުހިންމު ކުރިއެރުންތަކެއް ހޯދޭނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިވަގުތު ރާއްޖެއަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައުސްމާލު ނެތުން ކަމަށެވެ. ޑިވެލޮޕްމެންޓް ބޭންކު އުފެއްދީ އެކަމަށް ހައްލު ހޯދުމަށްކަމަށް ވިދާޅުވިއެވެ.

މިކަމުގެ އަމާޒަކީ ޑިޖިޓަލް އިނޮވޭޝަން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުންކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ބޭންކު މެދުވެރިކޮށް، އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވެދޭ މަޝްރޫއުތަކަށް ފައިނޭންސް ކުރާނެކަމަށެވެ.

އިނޮވޭޝަން ހަބްތަކާއި ޓެކްނޮލޮޖީ ޕާކްތައް އުފެއްދުމަށްޓަކައި ނޭޝަނަލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް އެކުލަވާލަމުން ދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: