ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯއިން ގައްދޫ އައިސް ޕްލާންޓު އަޕްގްރޭޑްކޮށް ހިދުމަތް ދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ގދ.ގައްދޫ އައިސް ޕްލާންޓު އަޕްގްރޭޑްކޮށް އަލުން ހިދުމަތް ދޭން ފަށައިފިއެވެ.

މިފްކޯއިން ބުނިގޮތުގައި ގައްދޫ އައިސްޕަލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދޭނެއެވެ. ފްލޭކްސް އައިސް އުފައްދާ އެހެން އައިސް ޕްލާންޓުތަކާ ހިލާފަށް އަމިއްލައަށް އައިސް ނެގުމުގެ ބަދަލުގައި، އައިސް ބަކެޓަށް ޕްލާންޓުގެ އެހީގައި އައިސް އެޅިގެންދާނެކަން އެކުންފުނިން ފާހަގަކުރެއެވެ. އަދި އެކަމުގެ ސަބަބުން މަސްވެރީންނަށް ފަސޭހައިން އައިސް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އަޕްގްރޭޑް ކުރިއިރު، މިފްކޯގެ ބެލުމުގެ ދަށުން އިތުރު 5 ރަށެއްގައި ދަނީ އައިސް ޕްލާންޓުތައް އޮޕަރޭޓް ކުރަމުންނެވެ.

މިފްކޯއިން މިވަގުތު ހިންގާ އައިސް ޕްލާންޓުތައް

1. ހޯރަފުށި – 25 ޓަން (ފްލޭކްސް)
2.މަޑުއްވަރި – 25 ޓަން (ފްލޭކްސް)
3. ގާފަރު – 25 ޓަން (ފްލޭކްސް)
4. ގައްދޫ – 50 ޓަން (ފްލޭކްސް)
5. ތިނަދޫ – 50 ޓަން (ބްލޮކް އައިސް)
6. ފުވައްމުލައް – 25 ޓަން (ފްލޭކްސް)

  • ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް – 100 ޓަން (ބްލޮކް އައިސް)
  • ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް – 80 ޓަން (ބްލޮކް އައިސް)
  • އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް – 50 ޓަން (ފްލޭކްސް)

މީގެ އިތުރުން ފެނަކައިގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ 18 އައިސް ޕްލާންޓާ ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: