ސުކޫކުގެ އަގު ދަށަށް ދިޔައީ ސަރުކާރުގެ ދޯހަޅި ސިޔާސަތާއި، ޑޮލަރުގެ ރިޒާވް ދަށްވުމުގެ ސަބަބުންކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް ވިދާޅުވީ ސުކޫކަކީ އިސްލާމީ ބޮންޑެއްކަމަށާއި އަދި މުޅި ދުނިޔޭގެ ހުރިހާ ތަނަކުން ގަބޫލުކުރާ ގޮތުގައި ދަރަނި ނެގުމުގެ އެންމެ ރައްކާތެރި ބާވަތުގެ ދަރަނި ކަމަށެވެ. މިވީތަނަށް ސުކޫކެއް ނަގައިފައި ދުނިޔޭގެ އެއްވެސް ތަނެއްގައި ޑީފޯލްޓުވެފައެއްވެސް ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންކަމުން އއީ ވަރަށް ރައްކާތެރި ގޮތުގައި ނެގޭ ދަރައްޏެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ރާއްޖޭގައި ނާގައިފައިވާ ސުކޫކުގެ އަގުގެ މިންގަނޑު ކަނޑައަޅަނީ އެ ގައުމެއްގެ އިގްތިސާދުގެ ދުޅަހެޔޮކަމާއި އިގްތިސާދު ކުރިއަރާ މިންވަރާއި ގޮތުގެ މައްޗަށް ކަމަށެވެ. މިފަހަކަށް އައިސް ސުކޫކުގެ އަގު ދަށަށް ދިޔައީ ސަރުކާރުގެ ދޯހަޅި ސިޔާސަތާއި، އަދި ހާއްސަކޮށް ޑޮލަރުގެ ރިޒާވް ދަށްވުމުގެ ސަބަބުން ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާގާބިލް ކަމާއި، ދޯހަޅި ސިޔާސަތުގެ ސަބަބުން އަދި އިކޮނޮމީއަށް އަންނަ ބަދަލާއި އެކީގައި މި ދުނިޔޭގެ އެހެން ހުރިހާ އިގްތިސާދީ އިދާރާތަކުން އަޅުގަނޑުމެން ގައުމުގެ އިގްތިސާދުގެ މި ގެންގުޅޭ އަގު ދަށަށް މިދަނީ. މިއާއި ގުޅިގެން އަޅުގަނޑުމެންނަށް ސުކޫކުގެ އަގުވެސް ދަށަށް ގޮސްފައި މިއޮތީ
ޕެނަލް ބަައްދަލުވުމުގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ސުކޫކު ލިސްޓު ކުރެވިފައިއޮތީ އާބޫ ދާނީގެ ސްޓޮކް މާކެޓުގައި ކަމަށެވެ. އެ ސްޓޮކް މާކެޓުންވެސް އެ ސުކޫކުތައް އާއްމު ފަރާތްތަކަށްވެސް ވިއްކާކަމަށް ޝަރީފް ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސޯދީ ހާލަތު ދައްވެ އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްވުމާއި ގުޅިގެން ސްކޫކު ގަނެފައިވާ މީހުން ނަމުގައި ސްކޫކު ވިއްކަން ފަށާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީި ސްކޫކު ދަށްވެގެން އުޅޭ މައިގަނޑު ސަބަބަކީ ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލްކަން ނެތް ކަން ބައިނަލްއަގުވާމީ ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުން އާއްމު ކުރަމުންދިއުމުން ކަމަށެވެ.

