ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެއްޖެ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމެއް:
ޝެއާރކޮށްލާ ކަހަލަދޯ؟

ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިޔަށް ދާ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ 57 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ބުދަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ މި މަޝްވަރާގެ ތެރެއިން އިންސާނީ ހައްގުތަކާއި މަޖިލީހުން ސްޕެޝަލް ޕްރޮސީޖާސް މެންޑޭޓް ހޯލްޑަރުންނާއި، އެކްސްޕާޓް މެކޭނިޒަމްތަކާއި، އިންވެސްޓިގޭޓިވް މެކޭނިޒަމްތަކާއެކު ޖުމްލަ 30 އިންޓަރެކްޓިވް ޑައިލޮގް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އިންސާނީ ހައްގުތަކުގެ މުހިންމު މައްސަލަތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެކަމަށެވެ.

މި ބައްދަލުވުމުގެ 2 އިންޓަރެކްޓިވް ޑައިލޮގްގެ އިތުރުން 6 ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންދާނެ އެވެ. އަދި މި ސެޝަންގައި 50 ގައުމުގެ ހާލަތުތަކާއި، 80 އަށްވުރެ ގިނަ ތީމެޓިކް ރިޕޯޓްތައް މުރާޖާކުރުމުގެ ފުރުސަތު ލިބިގެންދާތީ، މި ސެޝަންއަކީ ދުނިޔޭގެ އިންސާނީ ހައްގުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، އިންސާފުވެރި އަދި ހަމަހަމަ ދުނިޔެއެއް ކުރިއެރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ އެއްބާރުލުމާއި މަޝްވަރާއަށް ގާއިމު ކުރެވޭ މުހިންމު ޕްލެޓްފޯމަކަށް ވެގެންދާނެކަން މިނިސްޓްރީ ވަނީ ފާހަަގަކޮށްފަ އެވެ.

މިނިސްޓްރީ ބުނި ގޮތުގައި ބައްދަލުވުމުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ރާއްޖޭގެ ވަފުދުން ތަގުރީރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރެއިން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އދ ގެ ސެކްރެޓަރީ ޖެނަރަލްގެ ފަރާތުން ކުރިއަށްގެންދާ އެނަލިޓިކަލް ސްޓަޑީއާ ގުޅޭގޮތުން ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ޖެނީވާގައި ހުންނަ ކުދި ޖަޒީރާ ގައުމުތަކަގެ މައްޗަށް އެކުލެވޭ ގްރޫޕްގެ ފަރާތުން ޖޮއިންޓް ސްޓޭޓްމަންޓްއެއް ރާއްޖެއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖޮއިންޓް ސްޓޭޓްމަންޓްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިބިގަތުމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. އަދި، މިއަހަރުގެ މާރޗް މަހުގެ 12 އިން 21 އަށް ޑިމޮކްރެޓިކް އެންޑް އިކުއިޓަބަލް އިންޓަނޭޝިނަލް އޯޑަރއާ ބެހޭ އިންޑިޕެންޑެންޓް އެކްސްޕާޓް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ރިޕޯޓެއް މިސެޝަންގައި ހުށަހަޅުއްވާނެއެވެ.

ދިވެހިރާއްޖެއަކީ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ސިޔާސީ އަދި ސަރަހައްދީ ޖަމިއްޔާތަކުގެ މެމްބަރަކަށްވުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތައް އިތުރުވަމުންދާތީ މިހާލަތާ ރިއާއަތްކޮށް ދިރާއްޖެއަކީ ކަންބޮޑުވުން ފާޅުކުރަމުންދާ ގައުމެއްކަން ފާހަގަކުރެވެ އެވެ. އެގޮތުން، މި ސެޝަންގައި މިޔަންމާގެ ސްޕެޝަލް ރެޕަޓުއައާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ތަގުރީރެއް ދެއްވުމާއި، ފަލަސްތީނަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އަލިއަޅުވާލާ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ތަގުރީރު ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އެޗްއާރްސީގެ 57 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އދ ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. ވަފުދުގައި ދެން ހިމެނިވަޑައިގަންނަވާނީ ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، އަދި ސެކަންޑް ސެކްރެޓަރީ މަރިޔަމް ފާތިކާ ފަޔާޟް އާއި ތާރޑް ސެކްރެޓަރީ އާމިނަތު ޝަދާ އިބްރާހިމް އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދުއެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާލަތްތައް ޙައްލުކޮށް އެކަމަށް ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. 47 މެންބަރު ޤަޢުމެއްގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ގައުމުގެ ހާލަތްތައް ހައްލުކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މި ދައުރު ހަމަވާނީ 2025 ވަނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: