ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން މަޤާމުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

7 ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.

މި 7 ސަފީރުން މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި ރަސްމިއްޔާތުތަކެއްގައެވެ. ދިވެހިރާއްޖެއަށް އައު ސަފީރުން ކަނޑައެޅުއްވި ޤައުމުތަކަކީ އަލްޖީރިއާ، ޑިބުޓީ، އާޒަރުބައިޖާން، ބަލްގޭރިއާ، ވިއެޓްނާމް، ޖޯޖިއާ އަދި ޤަތަރެވެ.

އައު ސަފީރުން ކަނޑައެޅުއްވި ޤައުމުތަކާއި ސަފީރުންގެ ނަންފުޅުތައް:

• އަލްޖީރިއާ – ޑރ. ޢަލީ އަޝޫއީ

• ޑިބުޓީ – އިސޭ ޢަބްދުﷲ އަސާވޭ

• އާޒަރުބައިޖާން – އެލްޗިން ނަރީމަނޮގްލް ސޭންލީ

• ބަލްގޭރިއާ – ޑރ. ނިކޮލައި ޔަންކޮވް

• ވިއެޓްނާމް – ޓްރިންހް ތީ ޓާމް

• ޖޯޖިއާ – ވަކްތަންގ ޖޯޝްވިލި

• ޤަތަރު – ޖާސިމް ބިން ޖާބިރު ޖ. ބ. އަލް ސުރޫރު

މި ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން އެބޭފުޅުންގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ވަކިވަކިން ބޭއްވެވި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެބޭފުޅުންނާއި ބައްދަލުކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ. އަދި އެބޭފުޅުންގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި އެ ޤައުމުތަކާއެކު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މިގޮތުން މަޝްވަރާކުރެވުނު މުހިންމު ދާއިރާތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރުން ހިމެނެއެވެ. ހަމައެހެންމެ ޞިއްޙީ އަދި މަތީ ތަޢުލީމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާ، މީހުން ބިނާކުރުމުގެ ދާއިރާއިން އެ ޤައުމުތަކާއެކު ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ސަފީރުންނާއެކު ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޝްވަރާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: