ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ގާނޫނަށް ގެނެއި އިސްލާހުގެ ސަބަބުން ރައްޔިތުން އަތުގައި އޮތް މުހިންމު ބާރެއް ގެއްލިއްޖެ: ނިޔާޒް

ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހުން ރައްޔިތުންގެ އަތުގައި އޮތް މުހިންމު ބާރެއް ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

މި އިސްލާހަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެކުލަވައިލަންޖެހޭ ލޭންޑް ޔޫސް ޕްލޭން، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލައި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީ، އެ ފަދައިން އެ ބަދަލުތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅައި ފާސް ކުރި ބިލެކެވެ.

މި ބިލުގެ ދަށުން، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާގުޅުންހުރި ގައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްގީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާފައި ވާތީ، މިދިޔަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީގެ ކޮމިޓީގެ ޗެއާކަން ވެސް ކުރެއްވި ނިޔާޒް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ 13 ވަނަ އިސްލާހު ގެޒެޓް ކުރެވުމާއެކު ރައްޔިތުންގެ ސީދާ ވޯޓްއިން ފާސްކުރަން ޖެހޭ ލޭންޑްޔޫސް ޕްލޭން އުވިފައިވާ ކަމަށެވެ. އަދި އެންމެ ބާރުވެރި ގާނޫނަކީ ލާމަރުކަޒީ ގާނޫނު ކަމަށް ބެލުމުގެ އިތުރުން އެއީ އެންމެ އިސް ގާނޫނު ކަމަށް ކުރިން ބެލި ނަމަވެސް ނިޔާޒް ވިދާޅުވީ އެހެން ގާނޫނުތަކުން ބައިބައި ލައިގެން ލާމަރުކަޒީ ގާނޫނުގެ ބާރު މި ސަރުކާރުން ކަނޑުވާލާފައިވާކަމަށް ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނަށް އެ ބަދަލުތައް ގެނެސްފައި ނުވަނީ އެގޮތަށް އިސްލާހު ކުރުމުން ގާނޫނުގެ ބާރު ކެނޑޭތީކަމަށާއި މި ސަރުކާރުން އެ ގާނޫނުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ އަވަސް އަރުވާލައި ރައްޔިތުންގެ ހިޔާލެއް މަޝްވަރާއެއް ނުހޯދައި ހަފްތާއެއްގެ ތެރޭގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: