އިސްރައީލުގެ ޕާސްޕޯޓު ބޭންކުރިކަމަށް ބުނެ ސަރުކާރުން ހެޑްލައިންތައް ހަދައި ބައިނަލްއަގުވާމީ ދުނިޔޭގެ ތައުރީފު ހޯދިކަމަށާއި އެހެންނަމަވެސް ރާއްޖެއަށް އެ ގައުމުން ފަތުރުވެރިން އައުން މަދުނުވާކަމަަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއިން ކުރިއަށް ޖަލްސާއެއްގައި މެމްބަރު އަހުމަދު ދީދީ ވިދާޅުވީ، މުލިޔާގެ މަތިން ކޮތަރު ބައިގަނޑެއް ދިޔަޔަސް ދެކަމަކަށް ފެހި ސިގްނަލް އަންނަކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަހުމަދު ވިދާޅުވީ، އެއީ ސިހުރެއް ނުވަތަ ބަގާވާތެއްކަމަށް ބުނާކަމަށާއި ގައުމު އޮތީ އެފަދަ ހާލަތެއްގައިކަމަށް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެއީ ގައުމުގެ ވެރިމީހާގެ ހާލަތު ހުރި މިންވަރުކަމަށާއި މިހާރު ގިނަ ކޮތަރުތަކެއް އެއްކޮށް ފެނުނަސް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އެކަމަކީ ސިހުރުގެ ކަމެއްގެ ގޮތުގައި ފެނިގެންދާކަމަށެވެ. އެ ނޫން ނަމަ އެކަން އެއީ ބަގާވާތެއްގެ ގޮތުގައި ދެކި ހޯމް މިނިސްޓަރަށް ތަހުގީގުކުރުމަށް ދަންނަވަންޖެހޭ ހާލަތަށް ގައުމު ވެއްޓިފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ ހާލަތުގައި ހުންނެވުމުން ގައުމާއިމެދު ވިސްނަވާނެ ވަގުތު ރައީސްއަށް ނުވާކަމަށް ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ، އެމަނިކުފާނު އުޅުއްވަނީ އަމިއްލަ ނަފްސު ރައްކައުތެރިކުރެއްވުމުގައިކަމަށެވެ. އެގޮތުން އުޅުއްވަނީ ބަގާވާތަކުން ނުވަތަ ސިހުރުން ސަލާމާތްވެވޭތޯކަމަށާއި މި ސަރުކާރު ހިނގަމުންދާތާ 10 މަސް ވެފައިވާއިރު ވައުދުވި އެއްވެސް ކަމެއް ކުރެވިފައިވޭތޯ ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، އަރަބި ގައުމުތަކަށް ދެއްކުމަށްޓަކައި އިސްރާއީލުގެ ޕާސްޕޯޓް ބޭންކުރިކަމަށް ބުނެ ބޮޑެތި ހެޑްލައިންތަކެއް ހެދިކަމަށާއި ބޭރު ދުނިޔެއިން އެ ނިންމުމަށް ވަރަށް ތައުރީފުކުރިކަމަށްވެސް ހިއްސާކުރެއްވިއެވެ.
އެހެންނަމަވެސް އޭރު މިއީ ދޮގުގެ މައްޗަށް ދޮގު ހަދަމުންދާ ބައެއްކަން އެ މީހުންނަށް ނޭނގޭކަމަށާއި މިހާރު އެކަން އެނގިފައިވާކަމަށް ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ، ޕާސްޕޯޓު ބޭންކުރިކަމަށް ބުނި ނަމަވެސް އިސްރާއީލުގެ ފަތުރުވެރިން އަންނަ ވަރަކަށް އަންނަމުންދާކަމަށެވެ. އަދި ފަހުން ސުވާލުކުރުމުން ހުއްޖަތެއްގެ ގޮތުގައި އިސްރާއީލުގައި މުސްލިމުންވެސް ދިރިއުޅުން ފާހަގަކޮށްފައިވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ،

