ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އޮކްޓޯބަރު މަހު ފަށަނީ!

ރައީސުލްޖުމްހޫރިއްޔާ، 2022-2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރި ކޮށްދެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟
މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ފަށާނެކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މަތީ ޘާނަވީއާއި، ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް މިއަދު ކުރިއަށްދިޔަ 2022 – 2023 ވަނަ އަހަރުގެ ”މަތީ އަރުތަވެރިންގެ އިނާމު“ ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާި އެއްގޮތަށްކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ ގޮތަށް ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ގްރާންޓަކަށް މިއަހަރުގެ މާޗްމަހުގެ ތެރޭގައި ޕްރޮޕޯސަލްއެއް ހުށަހެޅިކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

މި ޕްރޮޕޯސަލްއަށް މެއި މަހުގެ ތެރޭގައި ޖީޕީއީގެ އެޕްރޫވަލް ލިބިފައިވާކަމަށާއި، އަންނަ މަހު މި މަޝްރޫއު އިފްތިތާހު ކުރައްވާނެކަން ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް މުދައްރިސުންނަށް ދުޅަހެޔޮ، ’ވޯކްލޯޑް‘ ވަކި ހަމައެއްގައި ހިފެހެއްޓިފައި އޮތް ނިޒާމެއް ގެނެސްދެއްވުމަށް ކުރައްވާ މަސައްކަތުގެ އަމަލީ ސިފަ ފެންނަން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ހުކުރު ދުވަހަކީ މުދައްރިސުން މަސައްކަތަށް ނުކުންނަން ނުޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށްގެންކަމަށެވެ.

ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އަދި މުދައްރިސުންގެ ގޮތުގައި ދިވެހިން ހަރަކާތްތެރި ކުރުވުމަށްވެސް ސަރުކާރުން ވަނީ އަމާޒު ހިފާފަައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: