ތިމާއަށް ނުވަތަ ތިމާގެ އާއިލާއަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވުމުގެ ޕްލޭންއެއް ހިމެނޭ، އެލައިޑް އިންޝުއަރެންސްގެ ލައިފް އިންޝުއަރެންސް މައުލޫމާތު ދިނުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެއްގައި ލައިފް އިންޝުއަރެންސްގެ މައުލޫމާތުތައް ގެނެސް ދިންއިރު، އެލައިޑުގެ އަމާޒަކަށްވީ އާއިލާތައް އެކުގައި ޖަމާވާނެތީ އެ ތަފްސީލު ފޯރުކޮށް ދިނުމުގެ ގޮތުންނެވެ.
ސަންގުއަށް މައުލޫމާތު ދެއްވަމުން އެލައިޑް އިންޝުއަރެންސް ލައިފް ޑިޕާޓްމަންޓް، އެސިސްޓެންޓް އޮފިސަރ ދަހާއު އަޝްރަފް (ދަހާ) ވިދާޅުވީ އާއިލާތަކަށް ހާއްސަކޮށް ހުރި ލައިފް އިންޝުއަރެންސް ޕެކޭޖުތަކެއް ހުރުމާއި އެކު އެ މައުލޫމާތުތައް ދެމުން ގެންދާކަމަށެވެ. އަދި އެލައިޑް މިވަގުތު ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި ލައިފް އިންޝުއަރެންސް ނެގުމުން، ޕްރިމިއަމް ދެއްކުމުން ލިބޭ 50 އިންސައްތަ ޑިސްކައުންޓުގެ ތަފްސީލު ފޯރުކޮށްދީފައިވާނެ ކަމަށެވެ.
ކުޑަކުދިންގެ ހަވީރުގައި ދޭ މައުލޫމާތުގެ އަލީގައި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުންނަ ކަސްޓަމަރުންނަށް އެ ތަފްސީލު ފޯރުކޮށްދޭއިރު، އެ ފަރާތެއްގެ މައުލޫމާތުތައް ވެސް ނަގައި ފަހުން ގުޅައި ތަފްސީލު ދޭނެކަމަށް ދަހާ ފާހަގަކުރި އެވެ.
މީގެއިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯގެ ޕްރޮމޯޝަންތަކުގެ މައުލޫމާތުތައް ވެސް މި ހަވީރުގައި ފޯރުކޮށްދިނެވެ. އެގޮތުން ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއާއި، އިންވެސްޓްމަންޓް ތަކާފުލްއަށް ހާއްސަ އިސްކަމެއް މިވަގުތު ދީފައިވާއިރު މިއީ ސޭވިންގްސް ދެ ޕްލޭން އެވެ.
ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަކީ ކުއްޖާގެ މަތީ ތައުލީމަށް ހާއްސަކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭން ދައްކަމުން ދަނިކޮށް ބެލެނިވެރިޔާ ނިޔާވި ނަމަވެސް، އިސްލާމިކް ވިންޑޯގެ ދަށުން ރިސްކު ފަނޑު މެދުވެރިކޮށް ޕްލޭން ދައްކަ ދޭނެކަމަށް މައުލޫމާތު ދިނެވެ.
އެލައިޑްގެ ލައިފް އިންޝުއަރެންސް ޕްލޭނަކީ އަލަށް ނަގާ ޕޮލިސީތަކުގެ 50 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެކެވެ.
ލައިފް އިންޝުއަރެންސްގެ ސޭވިން ޕްރޮޓެކްޝަން އޭސްޕެކްޓު އެކުލެވޭ މައިގަނޑު 4 ޕްލޭނެއް ހިމެނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ކަމަނަ ޕްލޭންއާއި، ސެކަންޑްރީ އެކްސްޕެންސް ޕްލޭންގެ އިތުރުން ރަންރޭރު އަދި ކޭޝް ބެކް ޕްލޭނެވެ.

