ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފް ޔޫއެސް އޯޑީސީއާއި ގުޅިގެން ހިންގި އެނަލިސްޓް ޓްރެއިނިންގ ކާމިޔާބު ކަމާއެކު ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟
އެމްއެންޑީއެފް ކޯސްޓްގާޑާއި ޔުނައިޓެޑް ސްޓޭޓްސް އޮފީސް އޮފް ޑިފެންސް ކޯޕަރޭޝަން (ޔޫއެސް އޯޑީސީ) ގުޅިގެން ސިފައިންނަށް ހިންގި ސީވިޝަން އެޕްލިކޭޝަންގެ  އޮޕަރޭޓަރ އަދި ސީވިޝަން އެނަލިސްޓް ޓްރެއިނިންގ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ތަމްރީނުތައް ނިންމުމުގެ ގޮތުން ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެެއްވީ އެމްއެނެްޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރގެ އިތުރުން، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ހިމެނޭހެން 23 ސިފައިން ބައިވެރިވިއެވެ.
މި ތަމްރީނަކީ ސީވިޝަން އެޕްލިކޭޝަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް، ކޮންމެހެން ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ ތަމްރީނެކެވެ.
މި ތަމްރީނުގައި އެ އެޕްލިކޭޝަން ބޭނުންކޮށްގެން މެރިޓައިމް ޑޮމެއިންގައި ހިނގާ އިންސިޑެންޓްތަކާއި، ލިބޭ މަޢުލޫމާތުތައް ދެނެގަންނާނެގޮތާއި އަދި ސަސްޕިޝަސް މޫވްމަންޓް ދެނެގަނެ ސީވިޝަންގެ އެކި ޓޫލްސްތައް ބޭނުން ކޮށްގެން އުޅަނދުފަހަރުގެ މަޢުލޫމާތާއި ހަރަކާތްތައް ވެރިފައި ކުރާނޭ ގޮތްތަކުގެ އިތުރުން ކަނޑުމަތީ އުޅަނދުފަހަރުގައި ހަރުކޮށްފައި ހުންނަ ވަސީލަތްތައް މަސައްކަތްކުރާ ގޮތާއި އެ ވަސީލަތްތައް މެދުވެރިކޮށް ލިބޭ މަޢުލޫމާތުތަކަކީ ކޮބައިކަން ވެސް މި ތަމްރީނުގެ ތެެރެއިން ބައިވެރިންނަށް ވަނީ އުނގަންނައިދީފައެވެ.
މި ތަމްރީނުގެ ސަބަބުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރިކުއަރމަންޓު، ޚާއްޞަކޮށް މެރިޓައިމް ޑޮމައިން އެވެއަރނަސްއަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް މެރިޓައިމް ސިޗުވޭޝަނަލް އެވެއަރނަސް ތައްޔާރުކުރުމަށް ބޭނުންވާ އެނަލިސިސް އަދި އޮޕަރޭޝަން ޕްލޭންތައް ހެދުމުގައި ފަސޭހަވެގެންދާނެއެވެ. މި ތަމްރީނުތަކުގެ އިތުރުން މި އަހަރުގެ ފެބުރުވަރީ އަދި ޖުލައި މަހު ވަނީ ސީވިޝަންގެ އެޒެކްޓިވް ޓްރެއިނިން އަދި އޮޕަރޭޓަރ ތަމްރީނެއް ވެސް ރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ.
މި ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެލައްވާފައި ވަނީ ޔޫއެސް ނޭވީގެ އިންފޮރމޭޝަން ވޯރފެއަރ ސެންޓަރގެ  ޓެކްނިކަލް އެސިސްޓެންސް ފީލްޑްޓީމުގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.
ސީވިޝަން ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދުގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރުއާއި ކޯސްޓްގާޑްގެ ޑައިރެކްޓަރުންނާއި ޝިޕްތަކުގެ ކޮމާންޑިންގ އޮފިސަރުން ބައިވެރިވެލެއްވިއެވެ. މީގެއިތުރުން ޔޫއެސް ނޭވީގެ އިންފޮރމޭޝަން ވޯރފެއަރ ސެންޓަރގެ ޓެކްނިކަލް އެސިސްޓެންސް ފީލްޑްޓީމުގެ ފަރާތުން ސީވިޝަން އޮޕަރޭޓަރ އަދި އެނަލިސްޓް  ޓްރެއިނިންގ ކުރިއަށްގެންދެވި މުދައްރިބުންނާއި ތަމްރީނުތަކުގައި ބައިވެރިވި ސިފައިން ބައިވެރިވިއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: