ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޗައިނާގެ އައިސީބީސީގެ ބްރާންޗެއް ގާއިމުކުރުމުގެ މަޝްވަރާ ވެސް ދަނީ ކުރިޔަށް

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ ބްރާންޗެއް ގާއިމު ކުރުމަށް މަޝްވަރާކޮށް އެކަމުގެ މަސައްކަތްތައް ވެސް ކުރިޔަށްދާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ)އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ރާއްޖެއާއި ޗައިނާ އާއި ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ޗައިނާއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. ދިވެހިރާއްޖެއާއި ޗައިނާއާ މެދުގައި އިޤްތިޞާދީ ގުޅުން ވަރުގަދަކޮށ،ް ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅިގެންދާ މި ފިޔަވަޅަކީ، ލިބޭ ކުރިއެރުމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުއާމަލާތްތައް ސީދާ އިންވެސްޓްމަންޓްތައް ދެޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ޤާއިމުކުރެވ،ި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް މި އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައި ވަނީ ކާމިޔާބު ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގެ މަޝްވަރާތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ދާކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއާއި ޗައިނާ އާއި ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރުމުގެ އެއްބަސްވުމާއި ގުޅޭގޮތުން ސައީދު ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ފައިސާއިން މުޢާމަލާތްތައް ކުރުމަށާއި، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރުމަށް ފަސޭހަވެ ދެ ޤައުމުގެމެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެކަމަށެވެ.

ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިތުރު ކަރަންސީއަކާއި ނުލައި ސީއެންވައި، އެމްވީއާރު ދިވެހި ރުފިޔާ ޗައިނާގެ ޔުއާން ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސެންޓްރަލް ބޭންކާއި ޕީޕަލްސް ބޭންކް އޮފް ޗައިނާ ދެމެދު އިންތިޒާމުތައް ހަމަޖެހި ދެ ސަރުކާރުން ފަހިކޮށްދިނީ އިންގިލާބީ ބަދަލެއް ކަމަށެވެ. އެގޮތުން ދެ ގައުމުގެ ވިޔަފާރިވެރިންނާއި، ޗައިނާގެ ސިޓީތަކުގައި މަލްޓިނޭޝަނަލް ވިޔަފާރި ކުރާ ފަރާތްތަކަށް މީގެ ސަބަބުން ގިނަ ލުއިތަކެއް ލިބިގެންދާނެކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި އަހަރުގެ ކުރީކޮޅު ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާއި އެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް އެމަނިކުފާނު ޗައިނާ ސަރުކާރުގައި އެދިވަޑައިގެން ދެ ގައުމު ގުޅިގެން އިންވެސްޓްމަންޓު ވިޔަފާރި.. އަދި ދެ ގައުމު ގުޅިގެން ވިޔަފާރި ތަރައްގީ ކުރުމުގެ ދާއިރާއަށް ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަދި ދަތުރު ކުރާ މަންޒިލްތައް އިތުރު ކުރުމަށް ވެސް ވާހަކަ ދެކެވުނު.. އެގޮތުން ރައީސް ހުށަހެޅުއްވި ކަންތަކުގެ ތެރޭގައި މިސާލަކަށް ޗައިނާގެ އަދި ދުނިޔޭގެ ވެސް އެންމެ ބޮޑު ބޭންކު އައިސީބީސީ ދިވެހިރާއްޖޭގައި އެ މީހުންގެ ބްރާންޗެއް ގާއިމު ކުރުން ވެސް އެބަ ހިމެނޭ.. އެކަމުގެ ނެގޯޝީއޭޝަންތައް ވެސް ކުރިޔަށް އެބަދޭ…

ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތް ކުރެވޭކަން ފާހަގަކޮށްފައިވާއިރު މިވަގުތު، ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން 14.6 އިންސައްތައިގެ ހިއްސާއަކާއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން ޗައިނާ އިން 204،832 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: