ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރުވާލި ވާހަކަ ނުދެއްކެންޏާ އަނދިރި އަނދިރިންގެ ވާހަަކަވެސް ދައްކައިގެން ނުވާނެ: އައިބީ

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި 127 ބިލިއަނުން ގައުމު ދަރުވާލި ވާހަކައަކީ ފޮތް ފޮތުގައި ލިޔަންޖެހޭ ވާހަކަތައްކަމަށާއި، އެ ވާހަކަތައް ދެއްކުން މައްސަލައަކަށް ވާނަމަ ބޮޑުތަކުރުފާނުގެ ވާހަކަވެސް ދެއްކިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަތަކުގެ ތެރެއިން އިބްރާހިމް ވަނީ ދިވެހިރާއްޖެ ދަރަނިވެރިވެގެންދިޔަ ގޮތުގެ ވާހަކަތައް ދެއްކުމުން އެމްޑީޕީއިން އެކަމާއި ނުރުހުންވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އިބްރާހިމް ވިދާޅުވީ، ކޮވިޑްގެ ހާލަތާއި ގުޅިގެން ސްރީލަންކާގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން އެ ގައުމަށް ދާންތިބި ފަތުރުވެރިން އައީ ރާއްޖެއަށްކަމަށެވެ.

އޭނާ ވިދާޅުވީ، އެ ދުވަސްވަރު އާދައިގެ ނިކަމެތި މީހުން ދަތުރުކުރުން ހުއްޓާލާފައިވާކަމަށާއި އެހެންކަމުން އެ ދުވަސްވަރު ރާއްޖެއަށް އައި ފަތުރުވެރިންނަކީ މުއްސަނދިންނާއި މިލިއަނަރުންކަމަށެވެ. އިބްރާހިމް ވިދާޅުވީ، އެ މީހުން ތިބި ރިސޯޓުތަކުގައި މަސައްކަތްކުރި ވެއިޓަރުންނާއި ބަޓްލަރުންނާއި ރޫމް އެޓެންޑަންޓުންނަށް ޓިޕްސް ގިނަވެގެންދިޔަކަން އެނގޭނެކަމަށާއި އާމްދަނީ ލިބުނު މިންވަރުތައް އިތުރުވިކަމަށެވެ.

އިބްރާހިމް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތްކުރި ގިނަ އަދަދެއްގެ މީހުން ރަނގަޅު ފެންވަރުގެ ވަޒީފާތަކުގައި ތިބިކަމަށެވެ. އަދި އެ ފަރާތްތަކުންވަނީ ބަންދު ނުކޮށް ތިބި ރަށްތަކަށް ގިނައިން ފައިސާ ލިބުނުކަމަށް މައުލޫމާތު ދީފައިކަމަށްވުމުން ދިވެހިރާއްޖެ ދަރާފައިވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ އޭނާ އެއްސެވިއެވެ.

ރާއްޖެއަށް ބޭރު ގައުމުތަކުން ދިން ފައިސާއަށް ވީ ކޮން ގޮތެއް ތޯވެސް އިބްރާހިމް ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، އެކަން ބަލަންޖެހޭކަމަށާއި ހައްޖަށް އުމްރާއަށް ދާ ފަރާތްތަކަށް ދިވެހި ބަންކުތަކުން ޑޮލަރުން ވިއްކަން ޖެހޭއިރު އެ ދުވަސްވަރު އެކަން ނުކުރެވޭކަމަށެވެ. އިބްރާހިމް ވިދާޅުވީ، ހައްޖު އުމްރާގެ ކޯޓާ މައްސަލަ ޖެހިފައިވަނީވެސް އެ ސަބަބުތަކާއި ގުޅިގެންކަމަށާއި ހައްޖުވެރިންގެ އަތުން އެ ދުވަސްވަރުވެސް ފައިސާ ނަގަމުންދިޔަ އިރު އެ ދަތުރުކުރަން ފުރުސަތު ނުލިބޭކަމަށެވެ.

އެހެންކަމުން އެ ހުރިހާ ފައިސާއެއްވެސް ދިވެހި ދައުލަތުގައި ހުންނަން ޖެހޭނެކަމަށާއި އެ ދުވަސްވަރު ޗުއްޓީތަކަށް ދާ މީހުންވެސް ނުދާއިރު ބޭސް ފަރުވާއަށް ބޭރު ގައުމުތަކަށް އާސަންދައިން ކުރާ ހަރަދުވެސް އެ ދުވަސްވަރު ނުހިނގާނެކަމަށް ހިއްސާކުރެއްވިއެވެ. އެހެންކަމުން ގައުމު ދަރާފައިވަނީ ކޮން ކަމާއި ގުޅިގެން ތޯ ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެވެސް ބަޔަކު ރައީސް ސާލިހުއާއި އެ ސުވާލު ކުރަންޖެހޭކަމަށާއި ޕީއެންސީއިން އެ ސުވާލުކުރުމުން އެމްޑީޕީއިން އެކަމާއި ނުރުހުން ފާޅުކުރާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރީ ސަރުކާރާއި 127 ބިލިއަނުން ދަރުވާލި ވާހަކަ ހުއްޓާލުމަށް އެމްޑީޕީއިން ގޮވާލަމުންދާނަމަވެސް އެ ވާހަކަތައް ދުވަހަކުވެސް ނުހުއްޓޭނެކަމަށެވެ. އިބްރާހިމް ވިދާޅުވީ، ދަރިންގެ ދަރިންގެ ގާތުގައިވެސް އެ ވާހަކަތައް ދައްކަވާނެކަމަށާއި އެއީ ފޮތްތަކުގައި ލިޔަންޖެހޭ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަން ކަން މީހުންނަށް އެނގެންޖެހޭކަމަށާއި މިވާހަކަތައް ނުދެއްކެންޏާ ބޮޑު ތަކުރުފާނުގެ ވާހަކަވެސް ދައްކައިގެން ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ އަނދިރިއަނދިރިންގެ ވާހަކަވެސް ދައްކައިގެން ނުވާނެކަމަށެވެ. އަދި ގައުމަށް ގައްދާރުވި ވާހަކަ ދައްކަންޏާ އެންމެ ބޮޑަށް ދައްކަންޖެހެނީ އެމްޑީޕީގެ ވާހަކަ ކަމަށާއި އެހެންނަމަވެސް އެއީ ވަކި މީހަކަށް ނިސްބަތްކޮށް ދައްކާ ވާހަކަތަކެއް ނޫންކަމަށް ވިދާޅުވިއެވެ. އިބްރާހިިމް ވިދާޅުވީ ޕީއެންސީއިން ދައްކަމުންދަނީ ކަންތައް ހިނގި ގޮތުގެ ވާހަކަ ކަމަށާއި އެކަމުން އިބުރަތެއް ލިބިގެން އިސްލާހުކުރަން އެނގޭނީވެސް އޭރުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: