ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ދަތިތައް ހުރިކަމަށް ބުނުމަށް ފަހު، ކުރަނީ ބޭކާރު ހަރަދުތަކެއް: މާރިޔާ

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ދަތިތައް ހުރުމުން ފިޔަވަޅުތައް އިއުލާނު ކުރުމަށް ފަހު އެ ތަންފީޒު ކުރުމުގެ ބަދަލުގައި ސަރުކާރުން އަދިވެސް ކުރަނީ ބޭކާރު ހަރަދުތައްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ބައްދަލުވުމުގައި މާރިޔާ ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަމަށް ވިދާޅުވެ ފާޑުކިއުން އަމާޒު ކުރައްވާފަ އެވެ. މާރިޔާ ވިދާޅުވީ ސަރުކާރު ފެންނަނީ ހަރަދު ބޮޑު ގޮތަކަށް ހިންގަން އުޅޭ މަންޒަރުކަމަށާއި އެގޮތަށް ދިމާވަނީ އެއްވެސް ޕްލޭނެއް ނެތުމުން ކަމަށެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ޓެކްސްއަށް ގެނައި ބަދަލުތަކުގެ ފައިދާ ރަނގަޅަށް ފެނި ތަންފީޒު ވާން ފެށީ މިފަހުންކަމަށާއި އެހެން ކަމުން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ރަނގަޅުވާން ޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އެ ދާއިރާގެ ތެރެއިން ލިބޭނެ ފީތައް ހުންނާނެ ކަމަށެވެ. އެކަން ފާހަގަކޮށް މާރިޔާ ސުވާލު އުފެއްދެވީ އެ އާމްދަނީ ރަނގަޅު ގޮތުގައި ބޭނުން ނުކުރާ ސަބަބަށެވެ.

ސިޔާސީ މަގާމުތައް ގިނަކޮށް ހަރަދު ބޮޑު ސަރުކާރެއް ހިންގަމުން، ވަށައިގެން ހުރި އެހެން ކަންކަމުގައި ވެސް ފެންނަނީ ފައިސާ އިސްރާފު ކުރާ މަންޒަރުކަމަށް މާރިޔާ ވިދާޅުވި އެވެ. ކޮވިޑު-19 ގައި ގައުމު އޮތް ހާލަތު ފާހަގަކޮށް މާރިޔާ ވިދާޅުވީ ގައުމަށް ވަންނަ އާމްދަނީ އެއްކޮށް ހުއްޓޭ ހިސާބަށް ދިޔައިރު ވެސް އެމްޑީޕީގެ ސަރުކާރުން އެއްވެސް މުވައްޒަފެއް ވަޒީފާއިން ކަނޑާލާފައި ނުވާނެކަމަށެވެ. ނުވަތަ ހަރަދު ކުޑަކުރުމުގެ ނަމުގައި ކުންފުނިތައް އެއްކޮށް، އުވާލާފައި ވެސް ނުވާނެކަމަށެވެ.

މާޖާއެއް ހެއްދެވިޔަސް، ކޮންމެކަމެއް ކުރިޔަސް ހަރަދުތަކެއް ހިނގާނެ.. އިތުރު ހަރަދުތަކެއް.. ދެ ކުންފުނި އެއްކުރަން ވިޔަސް.. ދެ ކުންފުނި ވަކި ކުރަން ވިޔަސް.. އެތައް ބައިވަރު ކަންތައްތަކެއް އެބަ ހިނގާ.. މިކަހަލަ ހުރިހާ ވައްތަރެއްގެ ކަމެއް މި ހިނގަނީ، އެހާ ދައްޗޭ އެބޭފުޅުން ވިދާޅުވާއިރު ބޭކާރު.. އިސްރާފު.. ހަގީގަތުގައި އެ ވިދާޅުވިހެން ޑްރޯންތައް ގަންނަން ވެސް 39 މިލިއަން ޑޮލަރު.. ޖެހިގެން އަވައްޓެރި ގައުމުތައް ހުއްޓައި، ތުރުކީންނޭ ކާޑު ގެންނާނަމޭ.. އާސަންދައަށް ދެން ދާނީ، ބެންކޮކްއާއި ދުބާއީއަށޭ..

މާރިޔާ ވިދާޅުވީ ސަރުކާރު ރަނގަޅަށް ނުހިންގައި، އިދިކޮޅުގެ ބޮލުގައި އަޅުވަނީ ބޭންކާއި ގުޅިގެން ބަޣާވާތެއް ކުރަން އުޅުނުކަމުގެ ތުހުމަތު ކަމަށެވެ. އަދި ފާޑުކިއުންތަކަށް ރައްދު ދިނުމަށް ސަރުކާރު ސަމާލުކަން ދޭތީ، ރާއްޖޭގެ އެއްވެސް ރަށެއްގައި ޕްރޮޖެކްޓެއް ކުރިޔަށް ވެސް ނުދާކަމަށް މާރިޔާ ވިދާޅުވި އެވެ.

މީގެއިތުރުން މާރިޔާ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ވަކި ގޮތަކަށް އަމަލު ކުރުމުން، މި ސަރުކާރުން ބޭނުންވަނީ އެކަމެއް އެއަށް ވުރެ ބޮޑު އަގުގައި ކުރުމަށް ކަމަށެވެ. އެއީ ކަން ދެއްކުމުގެ އުސޫލުކަމަށާއި، ހަރަދު ބޮޑުކޮށް ގައުމު ނުހިންގޭނެކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެހެން ގައުމަކުން ކުޑަ އަގުގައި ލިބޭނެ ޑްރޯންތަކެއް 39 މިލިއަން ޑޮލަރަށް ގަނެ، އަވައްޓެރި ގައުމުތައް ހުއްޓައި ކާޑުގެ ބާވަތްތައް އެހެން ތަނަކުން ގެންނަން ވައުދުވުން ސިފަވަނީ ޖޯކެއް ގޮތަށްކަމަށް މާރިޔާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: