ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރަންދޫ ބައި އިލެކްޝަންގައި އަދި ވޯޓުލީ 18.61 އިންސައްތަ މީހުން: އިލެކްޝަންސް

އީސީގެ ރައީސް ފުވާދު ތައުފީގް
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ މާރަންދޫގެ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފެށިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާގޮތުން މާރަންދޫ ކައުންސިލުގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ 16:00 ގެ ނިޔަލަށެވެ. ވޯޓުލުން ހެނދުނު 8:00 ގައި ފެށުނު އިރު 10:00 އާއި ޖެހެންދެން ވޯޓުލާފައިވަނީ 18.61 އިންސައްތަ މީހުންކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި ވޯޓު ނުލާ މީހުންގެ އަދަދު 81.39 އިންސައްތައަށް އަރާއިރު އެއީ 599 މީހުންކަމަށް ހާމަކޮށްފައިވެއެވެ.

މިހާތަނަށް ވޯޓުލީ 137 މީހުންކަމަށް ބުނެފައިވާއިރު އެއީ 41 އަންހެނުންނާއި 96 ފިރިހެނުންނެވެ. ޖުމުލަކޮށް ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 736 މީހުންނަށެވެ.

މާރަންދު ކައުންސިލަށް މެމްބަރަކު އައްޔަނުކުރުމަށް ކަނޑައެޅިގެންދިޔައީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު، ޖުލައި މަހުގެ ތެރޭގައި ނިޔާވުމާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: