ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ އޮޕަރޭޝަން: ވައްކަންކޮށް، ގަވައިދާހިލާފަށް އުޅަނދު ދުއްވި މީހަކު ހައްޔަރުކޮށްފި

ފުލުހުން މަގުތަކުގައި ހަރަކާތްތެރި ވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ މިންވަރު އިތުރުވެ ދިމާވި އެކި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި ފުލުހުން ވެހިކަލް ޗެކް ޕޮއިންޓުގައި ހަރަކާތްތެރިވަމުން ދިޔައިރު ބާރު ސްޕީޑްގައި ދުއްވި ކާރެއް ހުއްޓުވައި ބެލި އިރު އެއީ ސީ ޒޯނަށް ރެޖިސްޓަރ ކޮށްފައިވާ ކާރެއްކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކާރު ދުއްވި ރ. އަލިފުށި/ސިތުރާ، ހަސަން ސައީދު (38އ) އަކީ ކާރު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ލައިސަންސް ނެތި ކާރު ދުއްވުމާ އަދި ސައްހަ ނޫން ނަންބަރު ޕްލޭޓް ކާރުގައި ހަރުކޮށްފައިވާތީ ފުލުހުން އެ ކާރު ޓޯވް ކުރަން އުޅުމުން ފުލުހުންނަށް އެއްބާރުލުން ނުދެވޭނެ ކަމާއި ކާރުން ނުފައިބާނެ ކަމަށްބުނެ ކާރު ލޮކުކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން ބާރުގެ ބޭނުން ކޮށްގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ފުލުހުން ވަނީ 13 ވަނަ ދުވަހުގެ 18:30 ހާއިރު ރަށްފުސްގޯޅި ފިއުޝަން މާރޓް ކައިރީ ފުލުހުންގެ ބީޓެއް ހަރަކާތްތެރި ވަމުން ދަނިކޮށް ބިދޭސީ ފިރިހެނަކު އޭނާ ދިރިއުޅޭ ގެސްޓު ހައުސްގައި ނިދާފައި އޮށްވާ ފޯނެއް ގެއްލިގެން އުޅޭކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް ބުނެފައެވެ. އަދި ގެސްޓު ހައުސްގައި އިން ސީސީޓީވީ ކެމެރާގެ ފުޓޭޖަށް ބަލައި މީހާ އައިޑެންޓިފައި ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭ 21:00 ހާއިރު އޮކިޑްމަގު ފަތަހަ ސުޓޯރ ކައިރިން ފޯނު ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މީހާ ހުއްޓުވާ ސުވާލުކުރުމުން ނޯތު ހާބަރުގައި އޮތް ސްޕީޑް ބޯޓެއްގައި އިން ބިދޭސީ މީހަކަށް ފޯނު ވިއްކާލި ކަމަށް އޭނާ ބުނެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފޯނު ވިއްކާލި ކަމަށް ބުނާ މީހާއަތުން އެފޯނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ / ޒަމީން، (26އ) މުހައްމަދު ވިޝާމެވެ.

މި ދެ މައްސަލަވެސް ފުލުހުން އަންނަނި ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: