ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަސްލީމް ހޯދުމަށްޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލްގެ އިލެކްޓްރީޝަނަކަށް މަސައްކަތް ކުރަމުން ދިޔަ ތަސްލީމް މުހައްމަދު ހޯދުމަށްޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަސްލީމު ގެއްލިގެން 30 އޮގަސްޓު 2024 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށާއި އެއާއި އެކީ ވަގުތުން ތަސްލީމު ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.

އެގޮތުން ތަސްލީމު ދަތުރު ގޮސް އުޅުނު ފަސްގަނޑު ބަލައިފާސްކުރުމުގެ މަސައްކަތާއި މެރިން ޕޮލިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓުގާރޑަށް އެ މައުލޫމާތު ހިއްސާކޮށްގެން ޑައިވިންގ ޓީމުން ވަނީ މޫދު ސަރަހައްދު ޑައިވްކޮށްގެން ބަލާފައެވެ.

ހަމައެއާއެކު އެމްއެންޑީއެފްގެ ޑައިވިންގ ޓީމް ވަނީ 31 އޮގަސްޓު 2024 އިން 1 ސެޕްޓެމްބަރު 2024 އަށް އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު (ޖުމްލަ 3 ދުވަސް) 943998 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށް ބަލާފައި ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން ވިދާޅުވީ ހުވަފެންފުށި ކައިރީ އޮތް ފަސްގަނޑަށް އެމީހުން ދަތުރު ދިޔުމަށްޓަކައި 29 އޮގަސްޓު 2024 ވަނަ ދުވަހު ފުރާފައިވާ ކަމަށާއި ތަސްލީމު ހިމެނޭހެން ޖުމްލަ 25 މީހުން މި ދަތުރުގައި ބައިވެރި ކަމަށެވެ. މި ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓު ޕާޓީއެއް ބޭއްވުމަށްޓަކައި ރޭވުނު ދަތުރެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ދަތުރުގައި ތަސްލީމު ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށް ކަމަށް ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނާގޮތުން ތަސްލީމުމެން ދަތުރު ދިޔައިރު އެ ފަސްގަނޑުގައި އިތުރު ބަޔަކުވެސް ދަތުރު ގޮސް ތިއްބެވެ. އަދި އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމަޔަށް ތަސްލީމު ދަތުރުގެ ބައިވެރިންނާއެކުގައި އުޅުނު ކަމަށް ދަތުރުގެ ބައިވެރިން ވަނީ ބަޔާން ދީފައެވެ. އެރޭ ޓެންޓު ކައިރީގައި ތަސްލީމު ނިދާފައި އޮތްވާ ފެނުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ނަގާފައިވާ ފޮޓޯތަކުން ފެނިފައިވެއެވެ. އަނެއް ދުވަހު ހެދުނުވެސް ތަސްލީމު ވަނީ ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައެވެ. މަންޒަރު ހިމެނޭ ފޮތޯތަކުންނާއި ވީޑިޔޯތަކުން ވަނީ ފެނިފައެވެ.

އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ 30 އޮގަސްޓު 2024 ވަނަ ދުވަހު ހެދުނު 7:45 އާއި 9″00 އާ ދޭތެރޭގައެވެ. އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހު ހެދުނު 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗަކުން އޭނާ މާލެ ފޮނުވާލުމަށް ބަލާލިއިރު ތަސްލީމު ނުފެނުނެވެ. އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ދަތުރުގެ ބައިވެރިން ވަނީ ތަސްލީމުގެ އާއިލާއަށް ގުޅައި މައުލޫމާތު ހޯދާފައެވެ. އޭނާ މާލެ ނުދާ ވާހަކަ އާއިލާއިން ބުނުމުން ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ރައްޓެހިން ވަނީ ފަށާފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި މިހާތަަނަށް ތަސްލީމުއާ އެކީ ދަތުރުދިޔަ ގުރޫޕުގައި ހިމެނޭ މީހުންނާއި އެފަސްގަނޑަށް ދަތުރުގޮސް ތިބި އިތުރު ގުރޫޕުގެ 12 މީހުންނާއި ވަނީ ސުވާލުކުރެވިފައެވެ. އަދި ތަސްލީމު އާންމުކޮށް ގޮސް އުޅޭ ތަންތަނާއި ތަސްލީމު އެހެން ލޯންޗަކުން މާލެ އައިތޯ ފުލުހުން ވަނީ ބަލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 83%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: