ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރަންދޫ ކައުންސިލް ގޮނޑި ޕީއެންސީއަށް

ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރި އަބްދުއްސައްތާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްހަމީދު އަބްދުއްސައްތާރު ކާމިޔާބު ކުރައްވައިފި އެވެ.

މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައި ވަނީ މާރަންދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވުމުންނެވެ.

އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ޝިހާމް މުހައްމަދާއި، ވާދަކޮށް އަބްދުއްސައްތާރު އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 285 ވޯޓުންނެވެ. ޝިހާމަށް ލިބިފައި ވަނީ 250 ވޯޓެވެ.

736 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ މި އިންތިހާބުގައި، ވޯޓުލާން ނިކުމެފައި ވަނީ 560 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: