ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔާގެ އައު ޝިޕްމަންޓެއް ބާޒާރަށް، އިތުރު ބޯޓެއް މާދަމާ އަންނާނެ

މާލޭ ވިޔަފާރި ބަނދަރަށް ފީޔާ ބަސްތަކާތަކެއް ބޯޓުތަކުން ބާލަނީ: ފޮޓޯ/ އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ މޫސުން ގޯސްވެ ދަނޑުތަކަށް ގެއްލުންވުމުން ފިޔާ އިމްޕޯޓު ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް ކުރިޔަށް އޮތް ދެ ދުވަހު ފިޔާ ޝިޕްމަންޓުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

ބާޒާރުގައި ފިޔާ ލިބުމުގައި ދިމާވެފައިވާ ތާށިކަމަކީ އިންޑިއާގެ މޫސުން ގޯސްވެ ދަނޑުތަކަށް ގެއްލުންވުމުން އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުމުގައި މައްސަލަތަކެއް ދިމާވެ ކުރިމަތިވެފައިވާ ދައްޗެކެވެ.

ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލެމުންދާކަމަށާއި، އަދި ފިޔާ ލިބުން ދަތިވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް ވަޖީހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބާޒާރުގައި ކާބޯތަކެތި ވިއްކާ ގިނަ ފިހާރަތަކުގައި ހުސްވެ އަގުތަކަށް ބަދަލު އަންނަކަން ފާހަގަކުރެއްވިފައިވާކަމަށެވެ.

މިދުވަސް ކޮޅު މާލޭ މާކެޓުގައި ފިޔާ މަދުވެގެން އުޅޭ ސަބަބަކީ، އިންޑިޔާ އަށް މޫސުމް ގޯސް ވުމުގެ ސަބަބުން ފިޔާ ދަޑުތަކަށް ލިބުނު ގެއްލުން ތަކާ އެކު، އިންޑިޔާއިން ފިޔާ އެކުސްޕޯޓު ކުރުމަށް ޝޯޓޭޖެއް އުޅޭތީ ކުރިމަތިވި ކަމެއް ކަމަށް މައުލޫމާތު ލިބެ އެވެ. މި ޝޯޓޭޖް އުޅެނީ ހަމަ އެކަނި ދިވެހި ރާއްޖެ އަކަށް އެކަންޏެއް ނޫނެވެ. އަވަށްޓެރި ސްރީލަންކާ އަށް ވެސް އިންޑިޔާއިން ފިޔާ އިމްޕޯޓު ކުރުމުގައި ދަތި ތަކެއް ކުރިމަތިވި ކަމަށް ޚަބަރު ލިބެއެވެ. އެހެން ނަމަވެސް މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެމުން އެބަ ގެންދެއެވެ. އެގޮތުން އިންޑިޔާއިން އައި 2 ބޯޓު ކަމަށްވާ ބުލޫހާ (ބޯޓުން) އިން 2980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން 3300 ބަސްތާ، ޖުމުލަ 6280 ބަސްތާ ފިޔާ މިއަދު މާލޭ މާކެޓަށް ނެރެމުން އެބަ ގެންދެއެވެ. މީގެ އިތުރުން އިންޑިޔާއިން މާދަމާ މާލެ ވަންނަ ބޯޓުން ވެސް 3300 ބަސްތާ ފިޔާ، މާލޭ މާކެޓަށް ނެރޭނެ އެވެ.

ވަޖީހު ވިދަޅުވީ ފިޔާ ލިބުން ދަތިވީ އަވައްޓެރި އިންޑިއާގެ މޫސުން ގޯސްވެ އެ ގައުމުގެ ދަނޑުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށެވެ. ފިޔާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއްވެފައި ވާތީ، އިންޑިއާއިން ފިޔާ ބޭރު ކުރާ މިންވަރު ދަށްވެފައިވާކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

އިންޑިއާއިން ފިޔާ އިމްޕޯޓު ކުރާ އެހެން ގައުމުތަކަށް ވެސް މި ދަތިކަން ދިމާވެފައިވާކަން ފާހަގަކޮށް ވަޖީހު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މާލޭގެ ބާޒާރަށް ފިޔާގެ އައު ޝިޕްމަންޓެއް ނެރުމަށް ކަމަށެވެ.

އެގޮތުން އިންޑިއާއިން މުދާ ބަރުކޮށްގެން އައި ދެ ބޯޓަކުން ރާއްޖެ އެތެރެ ކުރި 6،280 ބަސްތާ ފިޔާ ހޮނިހިރު ދުވަހު ބާޒާރަށް ނެރޭނެކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި އިތުރު 3،300 ބަސްތާ ފިޔާ ރާއްޖެ އެތެރެކޮށް އާދީއްތަ ދުވަހު ބަޒާރަށް ނެރޭނެކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

މީގެއިތުރުން ވަޖީހު އާންމު ކުރެއްވި ތަފާސްހިސާބުތަކުގައި ވިދާޅުވީ މިދިޔަ ބުދަ ދުވަހު އައްޑޫ ހިތަދޫ ޕޯޓަށް ބަނދަރު ކުރި ބޯޓުން 1،180 ބަސްތާ ފިޔާ ގެނެސްފައިވާކަމަށެވެ.

އިންޑިއާއަށް މޫސުން ގޯސްވެ، ދަނޑުތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމުގައި ބައެއް ފަހަރު ދަތިތައް ދިމާވެ އެވެ. އެހެން ނަމަވެސް ދެ ގައުމުގެ ސަރުކާރު ދެމެދު ކުރާ މަޝްވަރާތަކަށް ފަހު އެކަމަށް ހައްލު ގެނެވޭކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: