ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާލީގައި ކުރިއަށްދާ ޕޮޕިއުލޭޝަން އޭޖިން ކޮންފަރެންސްގައި މިނިސްޓަރ އައިޝަތު ޝިހާމް ބައިވެރިވެވަޑައިގެންފި

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ އައިޝަތު ޝިހާމު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި، އެއާއި ގުޅިގެން ދެމެހެއްޓެނިވި ތަރައްގީއަށް ކުރާނެ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާ އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ އައިޝަތު ޝިހާމު ވާހަކަފުޅު ދައްކަވައިފިއެވެ.

މިނިސްޓަރ ވަނީ އިންޑޮނޭޝިއާގެ ބާލީގައި ކުރިއަށްދާ ”ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިން“ ގައި ކުރިއަށް ދިޔަ ”ރީ-ފްރޭމިން އޭޖިން ހައި ލެވެލް ޕެނަލް ޑިސްކަޝަން“ ގައި ބައިވެރިވެވަޑައިގެންފަ އެވެޡ

މި ހައިލެވަލް ޕެނަލް ޑިސްކަޝަންގައި އިންޑޮނޭޝިއާ އަދި ޗައިނާގެ ކަމާއި ބެހޭ އިދާރާތަކުގެ އިސް ވެރިންނާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އިން އޭޝިއާ އެންޑް ދަ ޕެސިފިކް ރީޖަންގެ ރީޖަނަލް ޑިރެކްޓަރ ޕިއޯ ސްމިތް ގެ އިތުރުން ހެލްޕްއޭޖް އިންޓަނޭޝަނަލް ޖަމިއްޔާގެ ސީ.އީ.އޯ ޗެރިއަން މެތިއުސް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މި މަހާސިންތާގައި މި ސަރަހައްދުގެ އެކި ގައުމުތަކުން 400 އަށް ވުރެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ އާބާދީ ދޮށިއުމުގެ އާބާދީއަކަށް މިސްރާބުޖަހައި، އާބާދީއަށް ބޮޑު ބަދަލުތަކެއް ބާރު ދުވެލީގައި އަންނަމުންދާއިރު، ދެމެހެއްޓެވިނި ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އާބާދީއަށް އަންނަ ބަދަލުތަކަށް ރިއާޔަތް ނުކުރެވިއްޖެނަމަ އެއީ އިޤްތިޞާދީގޮތުންނާ އިޖްތިމާއީގޮތުން އެކިވަރުގެ ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިދާނެ ކަމެއްކަމަށެވެ.

އެއާއެކު ރާއްޖޭގެ އާބާދީއަށް މި ބަދަލުތައް އަންނަމުންދާކަން ދެނެގަނެ، ދުރު ރާސްތާއަށް ވިސްނައި، އާބާދީގެ ސިއްޙީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، ދޮށީ އުމުރުގެ އާބާދީއާއި ރައްޓެހި އުމްރާނީ ތަރައްގީގެ ސިޔާސަތު އެކަށައެޅުމާއި، ޖީލުގެ ތަފާތުތަކާއި ފަރަގު ކުޑަކުރުމާއެކު އެންމެން ޝާމިލުވާ ދުޅަހެޔޮ މުޖުތަމައަކަށް ދިވެހިރާއްޖޭގެ އާބާދީ ބައްޓަންކުރުމުގެ މަޤްސަދުގައި ޤައުމީ ”އޭޖިންގް ޕޮލިސީ“ އެއް އެކަށައެޅުމުގެ މަސައްކަތް ކުރެވެމުންދާކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ އާބާދީއަށް އަންނަ ބަދަލުތަކާއިއެކު ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުތައް ބިނާކުރުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ސިއްހީ ދާއިރާ އަދި އިޤްތިޞާދަށް ދިމާވާނެ ގޮންޖެހުންތައް ފަދަ ތަފާތު އިޖުތިމާއީ މައްސަލަތަކަށް އިއާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފަ އެވެ.

ހަމައެއާއެކު އެކަމަނާ ވިދާޅުވީ ”އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް“ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ދުޅަހެޔޮ ދޮށީއުމުގެ އާބާދީއަކަށް މަގުކޮށައިދޭނެ، ފުދުންތެރި އާބާދީއެއް ބިނާކޮށް، އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މަންފާތައް ލިބިގެންދާނެ ސިޔާސަތެއްކަމަށެވެ.

އެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި އުމްރާނީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ކުރެވޭ ތަފާތު މަސައްކަތްތަކާއި ހިންގާ ތަފާތު ޕްރޮޖެކްޓުތައް އެއްކީލަވާނެހެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ކުރަމުން މިހާރު ވެސް ކުރަމުން ގެންދާއިރު، އޭގެ ރަނގަޅު ނަތީޖާ ދުރު ރާސްތާއަށް ބަލައި ފެނިގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވަޒީރު ޑރ އައިޝަތު ޝިހާމް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: