ރާއްޖޭގެ ކޫރިއަރ ޚިދުމަތްދޭ ކުންފުންޏެއްކަމަށްވާ ރެޑްބޮކްސްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ރެޑްބޮކްސްގެ ޝޮޕްމީ ޚިދުމަތް އެންމެ ގިނައިން ބޭނުންކުރާ ތިން ކަސްޓަމަރަކަށް އަގުހުރި ހަދިޔާތަކެއް ލިބެއެވެ.
ޕްރޮމޯޝަންގެ ތަފްސީލް:
1 ވަނަ އިނާމަކަށް – އެންމެ ގިނަ ޝިޕްމަންޓް ގެނެސްފައިވާ ކަސްޓަމަރަށް ދެ މީހުންގެ ދެ ރޭގެ ޗުއްޓީއެއްގެ ހަދިޔާއެއް ލިބޭނެއެވެ.
2 ވަނަ އިނާމަކަށް – އެންމެ ގިނަ ފައިސާ ދައްކާފައިވާ ކަސްޓަމަރަކަށް 200 ޑޮލަރުގެ ޝިޕިންގ ވައުޗަރެއް ލިބޭނެއެވެ. 3 ވަނަ އިނާމަކަށް – ދެވަނަ އަށް އެންމެ ގިނަ ފައިސާ ދައްކާފައިވާ ކަސްޓަމަރަކަށް 200 ޑޮލަރުގެ ޝިޕިންގ ވައުޗަރެއް ލިބޭނެއެވެ.

2015 ވަނަ އަހަރު އުފެދުނު ރެޑްބޮކްސްއަކީ މިހާރު 9 އަހަރުގެ ތަޖުރިބާއާއިއެކު ކޫރިއަރ ޚިދުމަތްތަކާ އެއްފަދަ ޚިދުމަތެއް ދޭ ކުންފުންޏެކެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޕެކޭޖް ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ.

ރެޑްބޮކްސްއިން މަޢުލޫމާތުދީފައިވާ ގޮތުން، ކޫރިއަރ ޚިދުމަތުގެ އިތުރުން އެ ކުންފުނިން ވަނީ އޯޑަރ ފުލްފިލްމަންޓް އަދި ވެއަރހައުސިންގެ ޚިދުމަތްތައްވެސް ތަޢާރަފުކޮށްފައެވެ. މި ޚިދުމަތްތައް ރެޑްބޮކްސްގެ ފްރެންޗައިޒް އޮފީސްތައް ހުރި 13 ޤައުމަކުން ލިބޭނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.

