ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޓީއޭއަށް ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރާނެ، ލިބޭނެ ފައިދާތައް ގިނަ: ސައީދު

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުން ފެށިގެން ޗައިނާއާއި ދިވެހިރާއްޖެ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑު އެގްރިމަންޓަށް އަމަލު ކުރަން ފަށާނެކަމަށް ރާއްޖެއަށް އެތެރެ ކުރަމުން އަންނަ ގިނަ މުދާތަކުން ޑިއުޓީ ނުނަގާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް ޢަމަލުކުރަން ފެށުމުން ވިޔަފާރިތަކާއި ޢާންމުންނަށް ވެސް މިހާރަށްވުރެ އިތުރު ގިނަ ފައިދާތަކެއް ލިބިގެންދިއުމަށް މަގު ފަހިވެގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސައީދު ވިދާޅުވީ އެފްޓީއޭއަށް އަމަލު ކުރަން ފެށުމުން އޭގެ ގިނަ ފައިދާތަކެއް ރާއްޖޭގެ އިގްތިސާދަށް ކުރާނެކަމަށެވެ. އެގޮތުން އެކި ބާވަތްތަކުގެ މުދާ އެކްސްޕޯޓު ކުރުމުގައިއާއި، އެހެނިހެން ހިދުމަތްތަކަށް ލުޔެއް ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.

މިސާލަކަށް ވީޗެޓުން ޕޭ ކުރެވޭނެ… މިހާރުވެސް ރިސޯޓްތަކާއި ސަފާރީތަކާއި ގެސްޓްހައުސްތަަކުގައި އެބަހުރި ޕީއޯއެސް ވީޗެޓުން ޕޭ ކުރެވޭ…. ވަރަށް ބޮޑު ލުޔެއް ހަގީގަތުގައި ލިބިގެން މިދަނީ.

ސައީދު ވިދާޅުވީ މިއާއި އެކު ގިނަ މުދާތަކަށް ޑިއުޓީ ނުނަގާނެ ކަމަށެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޗައިނާއިން އެތެރެ ކުރާ ގިނަ މުދާތަކަށް ޑިއުޓީ ނުނަގާނެކަން ހާމަކުރައްވައި ސައީދު ފާހަގަކުރެއްވީ މިނިވަން ވިޔަފާރިއަށް ރާއްޖެ ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ. ސައީދު ވިދާޅުވީ ޗައިނާއާއި އެކު ގާއިމުކޮށްފައިވާ ފްރީ ޓްރޭޑު އެގްރިމަންޓުގެ އެއްބަސްވުން ތަންފީޒު ކުރާނެ ގޮތުގެ ތާވަލެއް އެކުލަވާލައި އެ އެއްބަސްވުމުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ގިނަ ކަންކަމަށް ތާރީހުތަކެއް ކަނޑައަޅައި މަސައްކަތް ކުރިޔަށް ދާކަމަށެވެ.

މީގެއިތުރުން ސައީދު ވަނީ ޗައިނާއާއި އެކު ހަދާ ކަރަންސީ ސެޓަލަމަންޓު އެގްރިމަންޓުގެ ސަބަބުން ޗައިނާއިން މުދާ އެތެރެ ކުރުމުގައި ޑޮލަރަށް ބަރޯސާވެފައި އޮތް އޮތުމަށް ނިމުމެއް އަންނާނެ ކަމަށެވެ. މިއީގެ ސަބަބުން ދިވެހި ރުފިޔާ ބޭނުންކޮށްގެން، ޗައިނާއިން ގެންނަ މުދަލަށް ބޭންކެއް މެދުވެރިކޮށް އަގު އަދާކުރެވޭނެ ކަމަށެވެ.

ރާއްޖެ – ޗައިނާގެ އެއްބަސްވުމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިހާރު ވެސް ރާއްޖެއާ ޗައިނާއާ ދެމެދު 700 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވޭކަމަށާއި ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް ޢަމަލުކުރަން ފެށުމުން ރާއްޖެއަށް ލިބިގެންދާނެ އިތުރު ފައިދާތަކުގެ ތެރޭގައި ދެޤައުމުގެ ފައިސާ ބޭނުންކޮށްގެން ކަރަންޓް އެކައުންޓް މުއާމަލާތްތައް ކުރުމާއި ސީދާ އިންވެސްޓްމަންޓްތައް ހިންގުމަށް ބާރުލިބިގެންދިއުމާއި ދިވެހިންނަށް ދަތުރުފަތުރު ކުރުމުގަ އާއި މުދާގަތުމާއި އަދި އެހެން ބައެއް ޚިދުމަތްތައް ލިބިގަތުމުގައި ޑޮލަރުން ފައިސާ ނުދައްކައި ދިވެހި ރުފިޔާއިން އެކަންކަން ކުރެވޭގޮތަށް މަގުފަހިވުންފަދަ ފައިދާތައް ހިމެނޭނެ ކަމުގައެވެ. އަދި މިއާއެކު ދަތުރުފަތުރާއި ވިޔަފާރިފަދަ ކަންކަމުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: