އޮންލައިން ގޭޓްވޭތަކުން ހަދާ ޕޭމަންޓު ހުއްޓުވާލައިފި ނަމަ މަހެއްގެ މައްޗަށް ގާތް ގަނޑަކަށް 5 މިލިއަނާއި ހަތް މިލިއަނާއި ދޭތެރޭގެ ޑޮލަރު ސަލާމަތް ވާނެ ކަމަށް ފުވައްމުލަކު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ.
ފަޒާދު ވިދާޅުވީ ބޭންކުން ނިންމި ނިންމުމަކީ ސަރުކާރުން ދިން ލަފަޔާ އެއްގޮތަށް ނިންމި ނިންމުމެއް ނޫންކަމަށް މީގެ ކުރިން ސަރުކާރުގެ ފަރާތުން ބުނެފައިވާ ކަމަށެވެ
. ބޭންކުން ކުރަން އުޅުނު ކަމަކީ އޭގެ މަގްސަދާއި ނަތީޖާއަށް ބަލާއިރު ރަނގަޅު ކަމެއް ކަމަށާއި އެހެންނަމަވެސް އެކަން ކުރިއަށް ދިޔައީ އަންގާފައިވާގޮތަށް ނޫން ކަމަށް ފަޒާދު ވިދާޅުވިއެވެ.
ފަޒާދު ވިދާޅުވީ ރާއްޖޭގައި އެކްޓިވް ޑެބިޓް ކާޑު ބޭނުންކުރަނީ ގާތް ގަނޑަކަށް 45،000 އާއި 46،000 ދެމެދު އަދަދަކަށް ކަމަށެވެ. ކޮންމެ ކާޑަކަށް 250 ޑޮލަރު ދީފައިވާއިރު މަހެއްގެ މައްޗަށް 46،0000 ކާޑު ބޭނުންކުރާ ކަމަށް ވާނަމަ އެ ބޭނުން ކުރެވެނީ 6 މިލިއަނާއި 7 މިލިއަނާއި ގާތް ކުރާ އަދަދަށް ކަމަށް ފަޒާދު ވިދާޅުވިއެވެ.
”ބާޒާރުގައި އެންމެ އާފަލެއް ގަންނަ މީހާއަށްވެސް، ބާޒާރުގައި ވިޔަފާރިވެރިޔާ އެ އާފަލު މިގެންނަނީ ބްލެކް މާކެޓުގައި ޑޮލަރު ގަނެގެން. އެކަމަކު މިސާލަކަށް އޮންލައިން ޕްލެޓްފޯމުތަކުން އަލީ އެކްސް ޕްރެސް، ޝެއިން ކަހަލަ ތަންތަނުން މި ގެންނަ މުދާތަކަކީ ފެންސީލައިފެއްގެ އެއްޗިސްތަކެއް. އެއީ މާބޮޑު އިގްތިސާތީ ކަންކަމެއްވެސް ނޫން. އެކަން ކަމަށް އެބް ހަރަދުކުރޭ 15.42 ގެ ރޭޓުން 10 މިލިއަން ޑޮލަރު މަހަކު. މިއި އަސްލު މީގެ މައްސަލަ އަކީ“
ފަޒާދު ވިދާޅުވީ އޮންލައިން ވިޔަފާރީތަކުގެ ކާޑުތައް ބޭނުން ނުކުރެވޭގޮތަށް ހެދުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ދިވެހިރާއްޖޭން ކިޔަވަން ގޮސް ތިބޭ ކުދިންނަށް ނުވަތަ ރާއްޖެއިން ބޭރަށް ސިއްހީ އެކި ކަންކަމުގައި ގޮސް ތިބޭ މީހުންނާއި އަދި ދަތުރުފަތުރު ކުރާ މީހުންގެކާޑުތައް ދޫކޮށްލުމަށްފަހު އޮންލައިން ގޭޓްވޭތަކުން ހަދާ ޕޭމަންޓު ހުއްޓުވާލިޔަސް މަހެއްގެ މައްޗަށް ގާތް ގަނޑަކަށް 5 މިލިއަނާއި މިލިއަނާއި ދޭތެރޭގެ ޑޮލަރު ސަލާމަތް ވާނެ ކަމަށް ފަޒާދް ވިދާޅުވިއެވެ.
ފަޒާދް ވިދާޅުވީ އެއާއި ހިލާފަށް ބޭންކުން އަމަލު ކުރި ގޮތަކީ ހުރިހާ އެންމެންގެ ޕޭމަންޓުތައް ހުއްޓުވާލީ ކަމަށާއި އޭގެ ސަބަބުން ގިން ބަޔަކަށް އޭގެން ގެއްލުންވާނެ ކަމަށާއި އަދި ސަރުކާރުގެ ވިސްނުމަކީ އެއަށްވުރެ ލުއި ފަސޭހަގޮތެއް ކަމަށެވެ.

