މާފަންނުގައި ހުރި ގެއަކުން ރޭ މަރުވެފައި އޮއްވާ ފެނުނު މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތްކަމަށް ފުލުހުން ބުނެފި އެވެ.
އެމީހާ ފެނުނީ މާފަންނު ގަނޑިބުރު ކައިރީގައި ހުންނަ މ. ނަލަހިޔާ މަންޒިލްގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި ތެރޭގައި އޮއްވައެވެ.
މަރުވެފައި އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ މ. ނަލަހިޔަ މަންޒިލް އަހުމަދު ފަޔާޒެވެ.
މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 11:33 ގައެވެ. މިއާއިއެކު ފުލުުން ފޮރެސިކް ޓީމުން އެތަނުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ. އޭނާ އެގެއިން ފުލުހުން ނެރުނީ ބޮޑީ ބޭގެއްގައެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަމާއިމެދު ތުހުމަތު ކުރެވޭފަދަ ކަމެއް ފެންނަން ނެތްކަމަށެވެ.

