ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަންގެ ނަމުގައި ވަދެ ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް!

އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި ވަދެ ފޭރުނު މައްސަލައިގައި އެކަކު ހައްޔަރުކުރި މީހާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީއިން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި ތިން މީހަކު ވަދެ، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި ވަދެ ބިދޭސީ މީހާގެ އަތުން 9،000 ރުފިޔާ ފޭރިފައިވާއިރު، މޯބައިލް ފޯނެއްވެސް ނަގާފައިވެއެވެ. މިކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 16 ސެޕްޓެމްބަރުގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށް، ބަންދަށް ދުވަސް ޖަހާފައިވަނީ އުމުރުން 44 އަހަރުގެ މާލެ ގ. ބެރުގެ މުހައްމަދު ނަވީންއެވެ. އޭނާ ހައްޔަރުކުރީވެސް ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ބިދޭސީންގެ އަތުން ފޭރެން އުޅެފައި ވަނީ ތިން މީހެކެވެ.

މިކަން ހިންގާފައި މިވަނީ އިމިގްރޭޝަންއިން ނުގަވާއިދުން އުޅޭ ބިދޭސީއިންނާއި ދެކޮޅަށް ބޮޑު އޮޕަރޭޝަންއެއްވެސް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: