ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއާއި ވިލާ ކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް!

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ވިލާ ކޮލެޖާ އެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް އިއުލާނުކޮށްފި އެވެ.

މިއީ ޑިޖިޓަލް ދުނިޔެއެއްގައި އަންނަން އޮތް ޖީލު ބާރުވެރިކުރުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެކެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އުރީދޫއިން ބުނެފައި ވަނީ މި އެއްބަސްވުމުގެ ސަބަބުން ވިލާ ކޮލެޖުގެ ދަރިވަރުންނަށާއި ކުރީގެ ދަރިވަރުންނަށް އައު މަގުތަކެއް ހުޅުވި، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ފަރާތުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެ، ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކާމިޔާބު ކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އުރީދޫގެ އެޗްއާރު ޑިރެކްޓަރ ފަޒްނާ މަންސޫރު ވިދާޅުވީ ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަންއަށް ޝައުގުވެރިވާ ދަރިވަރުންނަށް އަގުހުރި ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތެއް ފެށުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދާއިރާގެ މުސްތަގުބަލުގެ ލީޑަރުން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ އަމަލީ ތަޖުރިބާއަށް މަގުފަހިކުރެވިގެންދާނެކަން ފާހަގަކުރެއްވި އެވެ.

ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަންއަށް ޝައުގުވެރިވާ ދަރިވަރުންނަށް އަގުހުރި ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކޯލަބަރޭޝަން ގެ ޒަރިއްޔާއިން މި ދާއިރާގެ މުސްތަގުބަލުގެ ލީޑަރުން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ، އަމަލީ ތަޖުރިބާއަށް މަގުފަހިކޮށްދީ، އިންޑަސްޓްރީގެ އިލްމާއި މެންޓަޝިޕް ފޯރުކޮށްދެވިގެންދާނެ

ޓެލެކޮމިއުނިކޭޝަން އަކީ ޓެކްނޮލޮޖީއާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ހަލުވި ކަމާއެކު ކުރިއެރުމާއި އިނޮވޭޓިވް ކަނެކްޓިވިޓީ ސޮލިއުޝަންތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން އެންމެ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ އެއް ސިނާއަތެވެ.

މި ސިނާއަތް ކުރިއަރަމުން އަންނައިރު، އެކަމަށް ބޭނުންވަނީ އިލްމީ އަދި އުފެދޭ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރަށް ތިބި ހުނަރުވެރި މަސައްކަތްތެރިންނެވެ. ވިލާ ކޮލެޖާއެކު ކުރިއަށްގެންދާ މި ޕާޓްނަރޝިޕްމެދުވެރިކޮށް އުރީދޫގެ އަމާޒަކީ މި ދާއިރާއިން ކުރިއެރުމަށް ބޭނުންވާ އަމަލީ ހުނަރާއި އިންޑަސްޓްރީގެ ވިސްނުން ދަރިވަރުންނަށް އަހުލުވެރިކުރުވުމެވެ. އިންޓާންޝިޕް، ޓްރެއިނިން ސެޝަންތައް އަދި ހޭންޑްސް އޮން ޓެކްނިކަލް އެކްސްޕީރިއަންސް ފޯރުކޮށްދީގެން، މި އިނީޝިއޭޓިވްގެ ސަބަބުން ދަރިވަރުން މަސައްކަތުގެ މައިދާނަށް ނެރެދީ، މުސްތަގުބަލުގައި އަންނަ ކުރިއެރުންތަކަށް އަހުލުވެރިވެ، ގައުމުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކުދިންކަން ކަށަވަރުވެގެންދާނެ އެވެ.

އުރީދޫ މޯލްޑިވްސް އަށް ޓެލެކޮމިއުނިކޭޝަން ކެޓަގަރީން އެމްޕްލޯޔަރ އޮފް ދަ އިޔަރގެ ބްރޯންޒް ސްޓީވީ އެވޯޑް މިއަހަރު ވަނީ ލިބިފައެވެ. ބައިނަލްއަގްވާމީ މި އެވޯޑަކީ މުވައްޒަފުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމާއި ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްފާހަގަކޮށްދޭ އެވޯޑެކެވެ. ކުރިއެރުމާއި، މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަދި ދެމެހެއްޓެނިވި އުނގެނުމަށް މަގުފަހިކޮށްދޭ މަސައްކަތްތަކަށް އިންވެސްޓްކޮށްގެން، އުރީދޫ މޯލްޑިވްސް އިން ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ޓެލެކޮމިއުނިކޭޝަން ސިނާއަތުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ވެސް ކުރީ ސަފުގައި ފުރުސަތުތަކަށް މަގުފަހިކޮށްދެމުން.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: