ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 402 އިމާމުން ތަމްރީނު ކުރެވިފައިވޭ: ޑރ ޝަހީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާމުން ތަމްރީނު ކުރުން ގައުމީ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 402 އިމާމުން ތަމްރީނު ކުރެވިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒިރު ވިދާޅުވީ، އިމާމުން ތަމްރީނު ކުރުން ގައުމީ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 402 އިމާމުން ތަމްރީނު ކުރެވިފައިވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ނިންމުމަކީ އަމާޒެެއް ކަމަށެވެ. އަދި އިމާމުންގެ ތައުލީމީ ފެންވަރު މަތިކޮށް ފިކުރީ ގޮތުން ތަރައްޤީވެފައިވާ އިސްލާމީ ހަރުދަނާ ޝަހުސިއްތުންތަކަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ނިންމުމަކީ އަމާޒެއް ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް 700 އަށްވުރެ ގިނަ އިމާމުން ކަމަށާއި މި އަހަރުގެ ކުރިއަށް ހުރި މަސްތަކަށް އިމާމުން ތަމްރީނު ކުރުމަށް ތާވަލު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

“ 402  އިމާމުން ތަމްރިނު ކުރެވިފައިވާއިރު އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އިމާމުން ތަމްރީނުކޮށް ނިންމުން. އެއީ ގާތް ގަނޑަކަށް 700 އަށްވުރެ ގިނަ އިމާމުން، އެހެން ކަމުން މިއަހަރު ބާކީ ހުރި މަސްތަކުގައި އަޅުގަނޑުމެން ވާނީ ޕްރޮގުރާމް ކޮށްފައި، އެހެން ކަމުން ޖަދުވަލު ކުރެވިފައިވާ ގޮތުގެ މަތިން ތަމްރީނު ކުރުމުގެ ޕްރޮގުރާމް ކުރިއަށް ދާނެ “ ވަޒީރު ޝަހީމް ވިދާޅުވިއެވެ. 

މިހާތަނަށް 402 އިމާމުން ތަމްރީނު  ކުރެވިފައިވާއިރު، އޭގެ ތެރޭގައި ގދ ، ގއ އަތޮޅުން 75 އިމާމުން ތަމްރީނު ކުރެވިފައިވާ ކަމަށާއި އަދި ވ، މ އިތޮޅުން 40 އިމާމުން، ފުވަމުލަކު ސިޓީ އިން 15 އިމާމު އަދި ނ، ރ، ފ، ދ، ތ، ލ އަތޮޅުން 272 އިމާމުން ތަމްރީނު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

”މި 400 އިމާމުންގެ ތެރޭގައި ގއ. އަދި ގދ. އަތޮޅުން 75 އިމާމަކާއި، ވ. އަދި މ. އަތޮޅުން 40 އިމާމަކާއި، ފުވައްމުލައް ސިޓީގެ 15 އިމާމުން، ނ، ރ، ފ، ދ، ތ، ލ މި އަތޮޅުތަކުން 272 އިމާމުން ތަމްރީން ކޮށްފައިވާނެ“ ވަޒީރު ވިދާޅުވިއެވެ.

މިހާރު ތިބި ޙަތީބުންގެ ތެރޭގައި ބައެއް ބޭފުޅުންް އުމުރުން ބޮޑުވުމާއެކު ރިޓައަރ ވެފައިވާ ކަމަށް އިންތިޙާބުގެ ތެރޭގައި ރަށްރަށަށް ކުރި ޒިޔާރަތުން މީހުންގެ ފަރާތުން ޝަކުވާ އައިސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ހުކުރު ކުރުމަށް އިމާމުން ގެންނަން ޖެހެނީ ޖެހިގެން އޮންނަ ރަށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިއަދު ޖެހިފައިވާ މައްސަލައަކީ އިމާމުކުރުމުގެ ހުއްދަ ނެތުމާއި ޒުވާން ޖީލެއް އެކަމަށް ތަރުބިއްޔަތު ވެފައި ނެތުން ކަމަށެވެ. ޒުވާން ޙަތީބުންގެ މަޝްރޫޢުއަކީ އެކަމުގެ ސަބަބުން ފެށި މަޝްރޫޢުއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

“ ސްކޫލު މަދަރުސާތަކުން ނިންމާ ދަރިވަރުންގެ ތެރޭގައި ވަރަށް ޤާބިލް ދަރިވަރުން އެބަތިބި، ތަޢުލީމީ ކުދިން އެބަތިބި، ވަރަށް ރީޗަށް ޤުރުއާން ކިޔަވައި ކުދިން އެބަތިބި، ދީނީ އިސްލާމީ މާއްދާ ތަކުން މަތީ ދަރަޖަ ހޯދައި ވަރަށް ގިނަ ކުދިން އެބައުޅޭ “ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ 60 އިމާމުން ރާއްޖެއިން ބޭރުގައި ވެސް ތަމްރީންކޮށްފައިވާކަމަށެވެ. އަދި މި އަހަރު ތެރޭގައި 100 އިމާމުން ބޭރުގައި ތަމްރީނުކޮށް ނިމޭނެކަން ވަނީ ކަމަށަވަރުކޮށްދެއްވައި ފައެވެ. އަދި 33 އިމާމަކު އަރަބި ބަހުގެ ލެވެލް 1 އަދި 2 ކޯސް ފުރިހަމަކޮށް، 40 އިމާމަކު ލެވެލް 3 އަށް ކިޔަަމުންދާކަމަށްވެސް ވަޒީރު ވަނީ ވިދާޅޫވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: