އުރީދޫއިން އެންމެ ފަހުގެ އައިފޯން ޕްރީ އޯޑަރަށް ހުޅުވާލުމަށް ތައްޔާރުވެއްޖެ އެވެ.
އެޕަލްގެ އައިފޯން 16 ސީރީޒްގައި ހިމެނެނީ މައިގަނޑު 4 މޮޑެލްއެކެވެ. އެއީ އައިފޯން 16، 16 ޕްލަސް، އައިފޯން 16 ޕްރޯ އަދި ޕްރޯ މެކްސްއެެވެ.
އުރީދޫއިން ބުނެފައި ވަނީ އައިފޯންގެ 16 ގެ މޮޑެލްއަށް ޕްރީ އޯޑަރ ކުރުމަށް ހުޅުވާލާނީ ސެޕްޓެމްބަރ 20، 2024 ގެ 00:00 ގައިކަމަށެވެ.
އައިފޯން 16 އަދި އައިފޯން 16 ޕްލަސް އަކީ މުޅިން އާ އޭ 18 ޗިޕް ހިމަނައިގެން، ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑް، އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗާތައް އަވަހަށް ހޯދުމަށާއި، ބެޓެރީ ލައިފް އިތުރަށް ރަގަޅުކުރެވިފައިވާ މޮޑެލް ތަކެކެވެ.
އައިފޯން 16 ޕްރޯ އަދި 16 ޕްރޯ މެކްސްގައި ހިމެނެނީ އޭ18 ޕްރޯ ޗިޕެކެވެ. މި ޗިޕުގެ އެހީގައި މި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޮމެންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮނޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗާތައް އަދި ބެޓެރި ލައިފްއަށް އިތުރު ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ.
އެޕަލްގެ އައު ކޮންމެ ފޯނެއްވެސް ނެރެނީ ބޮޑެތި ބަދަލުތަކާއިއެކުކަމަށްވާއިރު، 16 ވަނަ ސީރީޒްގައި ހިމަނާފައި ވަނީ މިހާތަނަށް ގެނެސްފައިވާ އެންމެ އަޕްގްރޭޑްތަކެވެ. އެގޮތުން ޑިޒައިންއަށާއި، ހާޑްވެއަރގެ އިތުރުން އެޕަލް އިންޓެލިޖެންސްގެ ބޭނުން ހިފަން ފެށުން ހިމެނެ އެވެ.
އާޓިފިޝަލް އިންޓެލިޖެސްގެ ބޭނުން ހިފުމަށް ހާއްސަކޮށް 16 ވަނަ ސީރީޒްގެ އައިފޯނުތަކާއިއެކު އެޕަލް އެސިސްޓަންޓް ”ސިރީ“ އަށްވެސް އަޕްގްރޭޑް އައިސްފައިވެއެވެ.

