ރާއްޖެ އިން ބޭރުން ޑްރަގްސް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައި ވަނީ އައްޑޫ ހިތަދޫ، ވެހެތާނުގޭ އަބްދުﷲ ސޯދިގުއެވެ. ފުލުހުން ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހު ސްރީ ލަންކަން އެއާލައިންސުން އައި އަބްދުﷲ ސޯދިގު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 349 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 9 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސައިން ބުނެފައިވަނީ އިއްޔެއެވެ. އެ ފިރިހެން މީހާ ބަލައިފާސްކުރިއިރު 349 ގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ. ޕޯސްޓުން ގެނައީ 582 ގްރާމްގެ ސިންތެޓިކް ކެތިނޯން އެވެ. ކެނަބިސް އަދި އެކްސްޓަސީއާ އެކު، ޖުމްލަ އެ ތަކެތީގެ ބަރުދަނުގައި ނުވަ ކިލޯ ހުރި ކަމަށް އެ އިދާރާއިން ބުންޏެވެ.

