ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރަކީ ބަޔަކު ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫން: އަޒާން

ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގައި މަޑުޖެހިފައި އޮތް އިންޑިއާގެ ކޮންސިއުލޭޓް އައްޑޫގައި ގާއިމުކުރުމުގެ ޕްލޭނާ ގުޅޭ ގޮތުން، މި ސަރުކާރާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ބުނި ޙަބަރާއި ގުޅިގެން އަޒާން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަކީ ބަޔަކު ބުނާޙާ ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީ ވެރިކަމުގަ ކަން ހިނގާފައިވާ ގޮތް ކަމަށް މެމްބަރ ވަނީ ވިދާޅުވެފައެވެ.

އަޒާން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް މިއަދުގެ ސަރުކާރުން ނުކުރާނެ ކަމަށެވެ. ސަރުކާރުން އަންނަނީ ދިވެހިރާއްޖޭގެ އަވަށްޓެރި ޤައުމުތަކާއި ގާތް ގުޅުމެއް ބާއްވަމުންނެވެ. ރައީސް ވެރިކަމާއި ހަވާލުވެ ރައްޔިތުންނަށް ދެއްވި ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވަނީ ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަމަށް އިޙުތިރާމުކުރާ، ދިވެހީންނަށް އެހީތެރިކަމާއި އެއްބާރުލުންދޭ ކޮންމެ ޤައުމަކާއެކުވެސް ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަމާއެކު ކުރިއަށްދިޔުން ކަމުގައި ސަރުކާރުން ބުނެއެވެ. އަވަށްޓެރި ޤައުމުތަކާއި، އަދި ރާއްޖޭގެ ވިޔަފާރިއާއި ތަރައްޤީގެ ބައިވެރީންގެ ގޮތުގައި ހިމެނޭ ޤައުމުތަކާއި، ވަކިން ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކާއެކުވެސް މި 5 އަހަރުގައި ގުޅުން އިތުރަށް ބަދަހިކު ކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭން އެހެން ގައުމުތަކާއި ގުޅުން ބަދަހި ކުރި ނަމަވެސް ރާއްޖެއަށް ގެންލުންވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އަދުގެ ސަރުކާރުން ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: