ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހު އެކެއްގެ ކުރިން މަސްވެރިން ދަފްތަރުގައި ރަޖިސްޓްރީވާން ޖެހޭ

ރަށެއްގެ ބަނދަރުމައްޗަށް މަސް ބާލަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އެކުލަވާލައިފައިވާ ދަފްތަރުގައި މަސްވެރިން ރަޖިސްޓްރީވާން ބަކީ އޮތީ 8 ދުވަސްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ މަސްވެރިންގެ ގައުމީ ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމުގެ ގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އައު ކުރުމުގެ މަރުހަލާގައި އުޅަނދުގެ ހުރިހާ ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާކަން މިނިސްޓްރީން ޔަގީންކުރާނެ ކަމަށެވެ.

ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން އެ ތާރީހުގެ ކުރިން ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާކަން ކެޔޮޅު، އުޅަނދުގެ ވެރިފަރާތް ނުވަތަ އެ އުޅަނދު އޮޕަރޭޓްކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަގީންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ”ކެޔޮޅު“ ނަމުގައި މި އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ވަނީ ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފައެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީކުރެވޭނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ދަފްތަރު މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުތަކަކީ މަސްވެރިކަމާއި ބެހޭ ތަރައްގީގެ މަޝްރޫއުތައް އެންމެ އެދެވޭ ގޮތެއްގައި ފަރުމާކުރުމަށާއި މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީއަކަށް ވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: