”އާރުއެސް ޑަބްލިއު ސިސްޓަމް “ ދޯނި ތަކުގައި ހަރުކުރުމާއެކު، ތެލަށް ކުރާ ޙަރަދު ކުޑަވެގެންދާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕަލް ލައިވްލީ ހުޑް އިންދަ ފިޝަރީޒް ސެކްޓަރ އިންމޯލްޑިވްސްގެ ސަސްޓޭނަބަލް އެނާރޖީ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ، ”އާރުއެސް ޑަބްލިއު ސިސްޓަމް “ ދޯނި ތަކުގައި ހަރުކުރުމާއެކު، ތެލަށް ކުރާ ޙަރަދު ކުޑަވެގެންދާނެ ކަމަށާއި އަދި އައިސް ހޯދުމަށް ދުއްވަން ކުރާ ހޭދައާއި އަދި އައިސް ގަންނަން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ.
މިފްކޯއަކީ މަސްވެރި ސިނާއަތުގެ 65 އިންސައްތަ ހިއްސާކުރާ ކުންފުންޏެކެވެ. މަސްވެރިންގެ ސިނާއަތު ދިވެލޮޕްކުރުމަށްޓަކައި ރައީސްގެ ވިސްނުންފުޅާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު މިފްކޯ ހިންގުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިފްކޯއަކީ މަސްވެރި ސިނާއަތުގައި ގާތްގަނޑަކަށް 65 އިންސައްތަ ކޮންޓްރިބިއުޓް ކުރާ ކުންޔަކީ، އެހެން ނަމަވެސް އަޅުގަނޑުމެން އައިރުގައި ރައީސް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު މިފްކޯ ހިންގުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރި، ވަކިން ހާއްސަކޮށް މާލީ ގޮންޖެހުން ތަކާއި އަދި ކުންފުންޏެއް ގޮތުގައި މި ދެންނެވި ފައިދާވާ ނުވަތަ ގެއްލުން ނުވާނެ ކުންފުންޏެއް ގޮތުގައި ހިނގުމަށްހުރި ގޮންޖެހުން ތަކަށްވެސް މިހާރު އެ ގެންދަވަނީ ރައީސް ވަރަށް އިސްކަމެއް ދެއްވައިގެން ސަރުކާރުގެ ކުންފުނިތައް ރިޕޯމް ކުރުމުގެ ޖެންޑާގެ ތެރެއިން މަސައްކަތްތަކެއް ކުރެވެމުން އެބަދޭ
މީގެ އިތުރުން ޝިޔާމް ވިދާޅުވީ މަސް އެކްސްޕޯޓް ކުރާއިރު ރޯމަސް ގޮތުގައި އެކްސްޕޯޓް ކުރުމަކީ މަސްވެރި ސިނާއަތުގައި ހުރި އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތައްކަމަށެވެ. އަދި އޭގެ ސަބަބުން މަހަށް ލިބެންވާ ރަނގަޅު އާމްދަނީ ނުލިބިގެން ދިއުންކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައި، ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްފެކްޓްރީ ޤާއިމްކުރުމަށް ފައްޓަވައިފައިވާ ކަމަށް ވިދާޅުވިއެވެ.އަދި އުންމީދަކީ އެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތްތައް ފެއްޓުން ކަމަށެވެ.
އޭގެ އިތުރުން މަސްވެރި ސިޏާއަތުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި އަޅުގަނޑުމެންއަށް ފާހަގަވަނީ ރާއްޖޭގައި މަސްވެރިން ބާނާމަސް ރޯމަހުގެ ގޮތުގައި އެކްސަޕޯޓް ކުރަންޖެހޭ ޖެހުން، އޭގެ ސަބަބުން މަހަށް ލިބެންވާ ރަނގަޅު އާމްދަނީ ނުލިބިގެން ދިއުން، އެކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައި، ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްފެކްޓްރީ ޤާއިމްކުރުމަށް ފައްޓަވައިފައިވޭ
ޝިޔާމް ވިދާޅުވީ އެ 3 ފެސިލިޓީ ނިމުމުން 300 މެޓްރިކް ޓަނުގެ މަސް އިތުިރުވެގެންދާނެ ކަމަށެވެ.
ޕީޕުލް ލައިވްލީ ހުޑް އިންދަ ފިޝަރީޒް ސެކްޓަރ އިންމޯލްޑިވްސްގެ ސަސްޓޭނަބަލް އެނާރޖީ ޕްރޮޖެކްޓް އަކީ ދިވެހި ސަރިކާރާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ލައިވްސް އެންޑް ލައިވްލީ ހޫޑް ފަންޑުގެ އެހީގައި މަސްދޯނިފަހަރުގައި އާރު އެސް ޑަބަލިއު އެސްު ސިސްޓަމް ޤާއިމް ކުރުމަށްޓަކައި އެސް.އެމް.ބީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަނުނާއި ގުޅިގެން ހިންގާ ލޯނު ޕްރޮގުރާމެކެވެ.
މި ލޯނު ޕްރޮގުރާމުގެ މައިގަނޑު މަޤުސަދަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާ ހުރި އިންވެސްޓް މެންޓެއްގެ ގޮތުގައި މަސްދޯނި ފަހަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި އާރުއެސް ޑަބްލިއު ސިސްޓަމް ނުވަތަ ލޮނު ފެނުން މަސްވެރިކަން ކުރާ ނިޒާމު ތަޢާރަފްކޮށްދީ، އުޅަނދު ފަހަރުގައި ތާޒާ ކަމާއެކު ރަނގަޅު ކޮލެޓީގައި މަސް ރައްކާތެރިކުރެވޭ ގޮތެއް ފަހިކޮށްދިނުމެވެ.
މި ސިސްޓަމް ޤާއިމު ކުރުމުން މަސްވެރިންގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސްފިނިކޮށް ތާޒާކޮށް ބެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، މަސްވެރިކަމުން ލިބޭ ނަފާ އިތުރުވެގެން ދިއުމަށް މަގުފަހި ވެގެންދާނެއެވެ.
ފައިނޭސިން ފެސިލިޓީ ނުވަތަ ޕްރޮޑަކްޓް ފަރުމާ ކުރެވިފައިވަނީ އިސްލާމީ ޝަރިއާއި ހަމަތަކުގެ މަތިން ތަކެތި ގަންނަ އަގަށް ފައިދާއެއް ގޮތުގައި ލުމަށްފަހު އެ މިންވަރު ކަނޑަޅައިގެން ކުރިއަށް ގެންދައި މަޝްރޫއުގެ ތެރެއިންނެވެ. މިއަދު މި ޕްރޮޑަކްޓް އަލުން ތަޢާރަފް ކުރުމުގެ ބޭނުމަކީ މަސްވެރިންނަށް ލުއި ފަސޭހަތައް ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިއުމެވެ.
އެގޮތުން ގެނެވުނު އެންމެ ބޮޑު ބަދަލަކީ މި ފެސިލިޓީގެ ދަށުން ނަގާ ތަކެތީގެ އަގުގެ 35 އިންސައްތަ އަބުރާ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފައިވެ އެވެ. އަދި ޕްލާންޓް ހިންގުމަށް ބޭނުންވާ ޖަނަރޭޓަރަކާއި އިއާދަކުރަނިވި ޙަކަތަ ހަރުކުރުމަށް ބޭނުންވާ ފައިސާ މި ފެސިލިޓީގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވަނީ ބުނެފައެވެ. 35 އިންސައްތަ ދައްކަން ނުޖެހޭ ގޮތަށް އޮތުމުން އޮޑި ވެރިން މާލީ ގޮތުން ބޮޑު ލުއި ތަކެއް ލިބި ދިގު މުއްދަތަކަށް ބަހައިލައިގެން ފައިސާ ދައްކަމުންދާއިރު މަހުން މަހަށް ދައްކަންޖެހޭ އަދަދު މަދުވެގެން ދާނެ އެވެ.

