ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސައިންމަންޓް ގަނެ ވިއްކުން ހުއްޓުވުން: ކޯސްތަކުން ފާސްވާން 50 ޕަސެންޓު ހޯދުން ލާޒިމް ކުރަނީ

ދަސްވެނިވުމުގެ ފޮޓޯއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތަޢުލީމުދޭ ކޯސްތަކުގެ ކޮންޓްރޯލްޑް އެސަސްމަންތްތަކުން މަދުވެގެން 50 އިންސަތަ ނުލިބި ފާސްނުވާ ގޮތަށް މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އެކްރިޑޭޝަން އުސޫލަށް ބަދަލު ގެނައުމަށް ނިންމައިފި އެވެ.

ރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ ކޮލެޖުތަކާއި އިންސްޓިއުޓްތަކުން، ދަރިވަރުންގެ ފެންވަރު ކަނޑައަޅަނީ ދަރިވަރުން ހަދާ އިމްތިހާނުތަކާއި އެސައިންޓްމަންޓްތަކުންނެވެ.

އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ކޯސްތަކުގައި ދަރިވަރުންނަށް ހަވާލު ކުރެވޭ އެސައިންމަންޓްތަށް އެ ހެންމީހުން ލައްވައި ތައްޔާރުކުރުމާއި، ޗެޓްޖީޕީޓީ ފަދަ އޭއައިގެ ވަސީލަތްތަށް ބޭނުންކޮށް އެސައިންޓްމަންޓްތަށް ފުރިހަމަ ކުރުމަކީ މިހާރު ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އެގޮތުން، މިދަފަ މައްސަލަތަކަށް ހައްލު ހޯދުމަށް އަމާޒުކޮށް، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ މާއްދާއެއްގައި ވެސް ކޮންޓްރޯލްޑް އިމްތިހާނުން ލެކްޗަރާއެއްގެ ހާޒިރުގައި ދަރިވަރުންހަދާ އިމްތިހާނު ނޫނީ ޕްރެޒެންޓޭޝަން 50 އިންސައްތަ ހާޞިލު ނުކުރާނަމަ ކޯހުން ފާސްނުވާނެ ކަމަށް އެމްކިޔުއޭ އިން ވަނީ ނިންމާފައެވެ.

މަތީ ތަޢުލީމު ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުންނަށް އެއްވެސް އެހެން އިމްތިހާނެއް ހެދުމަކާއި ނުލައި 100 އިންސައްތަ މާކްސް ހަމައެކަނި އެސައިންމަންޓުން ހޯދައިގެން ފާސްވާ މާއްދާތަށް ވެސް އެކި ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގައި ކުރިއަށް ގެންދެއެވެ.

ނަތީޖާއެއްގެ ގޮތުން، އެސައިންމަންޓް ގަނެވިއްކުން އިތުރުވެ، ޤާބިލް ނޫން ފަރާތްތަކަށް މަތީ ތަޢުލީމުގެ ސަނަދު ވަނީ ލިބިފައެވެ. މި މަސައްލައަށް ޙައްލު ހޯދުމަށްޓަކައި، އެމްކިޔުއޭ އިން ވަނީ މިހާރު އެކްރެޑިޓްކުރުމަށް ހުށަހަޅާ ކޯސްތަށް އެކްރެޑިޓްކުރުމުގައި، އައު އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް ކޮންޓްރޯލްޑް އެސެސްމަންޓް އިން 50 އިންސައްތަ ހާޞިލުނުކޮށް، ފާސް ނުވާނެގޮތަށް ނިންމަވާފައެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ޤަވާޢިދުގެ 65 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮއްފައިވާ ގޮތުގެ މަތިން ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށްކުރުވުމަކީ ޤާނޫނީ ކުށެކެވެ. މިފަދަ ޢަމަލުތަށް ހިންގާ ދަރިވަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެދަރިވަރަކު 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެކަމަށް، ހަމަ މި މާއްދާގައި ވަނީ ބަޔާންކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: