ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖް ހައިވޭގައި އެކްސިޑެންޓެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ބްރިޖުގެ އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ބްރިޖުގެ އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށް މިއަދު މެންދުރު 12:57 އެހާކަންހާ އިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދިވެހި އަންހެނަކަށް ކަމަށާއި އެ އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން އިން ދެ މީހުންނަކީވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހުންކަމަށް ފުލުހުން ވަނީ މައުލުމާތު ދެއްވައިފައެވެ. މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ތަހުޤީޤުތައް ފުލުހުން ދަނީ ކުރަމުންނެވެ.

މާލޭގައި އެކްސިޑެންޓްވާ އަދަދު ގިނަ ވުމުގެ ސަބަބުން ރައީސް ވަނީ ޤާނޫނާއި ޤާވައިދުތަަކަށް އެންމެހާ ފަރާތްތައް ފެއްދުމަށް، ފުލުހުންގެ ޙިދުމަތް ވަރުގަދަ ކުރުމަށް ގޮވައިލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: