ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފާހަގަކުރެވޭ މަންޒިލާއި އެކު ސާޓާ 2024 ގައި ރާއްޖެއަށް 30 އެވޯޑު!

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2024 ގައި ދިވެހިރާއްޖެއިން 30 އެވޯޑެއް ހާސިލުކޮށްފައިވޭ/ ފޮޓޯ: އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2024 ގައި ދިވެހިރާއްޖެއިން 30 އެވޯޑެއް ހާސިލުކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނުގައި އެންމެ ފާހަގަކޮށްލެވޭ އެއް މަންޒިލެއްގެ ގޮތުގައި މަގާމު އަނެއްކާވެސް ވަރުގަދަކޮށްފިއެވެ.

ނޭޕާލްގެ އެލޮފްޓް ކަތަމަންޑޫގައި ބޭއްވި މި ހަފްލާއަކީ ނޭޕާލް ޓޫރިޒަމް ބޯޑު (އެންޓީބީ) އާއި ހޮޓެލްސް އެސޯސިއޭޝަން އޮފް ނޭޕާލް (ހާން) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ބައިވެރިންނަށް މިއަހަރުގެ ސާޓާގައި 15 ސާޓާ ގޯލްޑް އެވޯޑެއް ވަނީ ލިބިފައެވެ.

އެގޮތުން އެންމެ ޝަރަފުވެރި އެއް އެވޯޑުކަމުގައިވާ ވިޒިޓާސް ޗޮއިސް އެވޯޑްސްގެ ލީޑިންގ ބީޗް ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއިން ވަނީ އަނެއްކާވެސް ކާމިޔާބުކޮށްފައެވެ. މީގެ ކުރިން 2023، 2017 އަދި 2016 ވަނަ އަހަރު ލީޑިންގ ބީޗް ޑެސްޓިނޭޝަންގެ ޝަރަފު ރާއްޖެއަށް ވަނީ ލިބިފައެވެ. ސާޓާ ގޯލްޑް އެވޯޑުގެ އިތުރުން ރާއްޖެއިން ވަނީ އެކި ކެޓަގަރީތަކުން 14 ސަޓާ ސިލްވާ އެވޯޑްވެސް ހާސިލްކޮށްފައެވެ.

މި ހަރަކާތުގައި ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ފާހަގަކޮށްލެވޭ އިސް ވެރިންނާއެކު ”ރީޖަނަލް ޓޫރިޒަމް އިން ސައުތު އޭޝިއާ – ޗެލެންޖްސް އެންޑް ކަނެކްޓިވިޓީ“ ގެ ނަމުގައި ސާޓާ ކޮންވަޒޭޝަން ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހީމް ޝިއުރީ، ވަނީ މި ޕެނަލްގައި ރާއްޖެ ތަމްސީލު ކުރައްވާފަ އެވެ. ޕެނަލްގައި ވާހަކަދައްކަވަމުން ޝިއުރީ ވަނީ ސަރަހައްދީ ފަތުރުވެރިކަމުގެ ދާއިރާއަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމާއި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ކުރު ރާސްތާގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ ރީތި ސާފު ގޮނޑުދޮށްތަކާއި އުޖާލާ ފަޅުތަކާއި ހިތްގައިމު ކަނޑުއަޑީގެ މަންޒަރުތައް އެކުލެވިގެންވާ މަންޒިލެއް. މި ޤުދުރަތީ އަޖައިބުތަކުގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިންނަށް، ޚާއްޞަކޮށް، ދެކުނު އޭޝިއާގެ ޤައުމުތަކުގެ ކުރު ރާސްތާގެ ފަތުރުވެރިންނަށް ވަރަށް އެކަށީގެންވާ މަންޒިލެއް. ސަރަޙައްދީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި ބާރުވެރިކުރުވުމަށް އަޅުގަނޑުމެންގެ އަގުހުރި ތަޖުރިބާތަކުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށް އަޅުގަނޑު ދެކެން.

ސައުތު އޭޝިއާގެ ހޮސްޕިޓާލިޓީ އަދި ޓްރެވަލް އިންޑަސްޓްރީގެ ބައިވެރިން 2016 ވަނަ އަހަރުން ފެށިގެން ސާޓާއިން އަންނަނީ ފާހަގަކުރަމުންނެވެ.

ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ޝަރަފުވެރި ހަރަކާތަކީ ތަފާތު ކެޓަގަރީތަކުން ފާހަގަކޮށްލެވޭ ޖަމިއްޔާތަކަށާއި ފަރުދުންގެ އަގު ވަޒަންކުރާ ހަރަކާތެކެވެ. ސާޓާ 2024 ގައި ރާއްޖެއިން ހޯދި މި ބޮޑު ކާމިޔާބީތަކުގެ ސަބަބުން، ހޮސްޕިޓާލިޓީ އާއި ފަތުރުވެރިކަމުގެ ދާއިރާއިން މަތީ މިންގަނޑުތަކެއް ދަމަހައްޓައި، ދެކުނު އޭޝިއާގެ އެންމެ ނަގާކިޔާލެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާވެގެން ދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: