ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަން އޮތް ޖީލުތަކުން އެދެނީ ޣައްޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރެއް ހުރި ދުނިޔެއެއް: ރައީސް

މިޓް އޮފް ދަ ފިއުޗަރ އެކްޝަން ޑޭސް: ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް، ސައިޑް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

މުސްތަޤުބަލުގެ ޖީލުތަކުން ބަލާނީ ކަމެއް ކުރުމަށް ހަމަޖެއްސި އިންތިޒާމުތަކަށްވުރެ ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަމަކާމެދު ނިންމި ހަރުދަނާ ނިންމުމަކަށާއި ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ. ގެ މައި އިދާރާގެ އާންމު މަޖިލީހުގެ ހޯލުގައި ކުރިޔަށްދިޔަ ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަމިޓް އޮފް ދަ ފިއުޗާގައި ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އދ. ގެ އާޏްމު މަޖިލީހަށް އެއްވެ އެތައް ތަސައްވުރެއް ފާއިތުވި އަހަރުތަކުގައި ގައުމުތަކުން އެކުލަވާލި ނަމަވެސް އެކަން އޮތީ ހުސް ވާހަކަތަކެއްގެ ގޮތުގައި ހަގީގަތަކަށް ނުވެ ކަމަށެވެ.

ރައީސް ވިދާޅުވީ މުސްތަގުބަލުގެ ޖީލުތަކުން މިހާރުގެ ހާލަތު މިނެކިރާނީ، ނެރޭ ނަތީޖާތަކުގެ މައްޗަށް ކަމަށެވެ. އަދި މުސްތަގުބަލުގެ ޖީލުތަކުން އިސްލްތިމާސް ކުރަނީ ހިތްވަރަށްކަމަށާއި، އެއީ ޣައްޒާގައި ހިނގާ ގަތުލު އާންމު ހުއްޓުވުމުގެ ހިތްވަރާއި އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނުގެ ދައުލަތަށް ލިބުމުގެ ހިތްވަރު އަދި އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުން ޖަވާބުދާރީ ކުރުވުމުގެ ހިތްވަރަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި އެމީހުންގެ އިންސާނީ ކަރާމާތް ނަގާލަމުންދާ މީހުންނާ މެދު ފިޔަޅު އެޅުމަށާއި ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: