ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ ގައި މިހާރަށްވުރެ ފުޅާ، ހަރުދަނާ ދައުރެއް އަދާކުރަން ރާއްޖެއިން ބޭނުންވޭ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއި ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއި ބައްދަލުކުރައްވައިފަ އެވެ.

މިއަދު ކުރިޔަށް ގެންދެވި މި ބައްދަލުވުމުގައި ރައީސް މުއިއްޒު އދ ގެ ނިޒާމުގައި، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) އަށް އަސަރުކުރާ މުހިންމު ކަންކަމުގައި ރާއްޖެއިން މިހާރަށްވުރެ ހަރުދަނާ ދައުރެއް އަދާކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް ވަނީ ރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ މައުލޫމާތުތައް އެންޓޯނިއޯއަށް ދެއްވައި، ދަރަނީގެ ހާލަތު ރަނގަޅުކުރުމަށް އެކުލަވާލާފައިވާ ފިސްކަލް ރީފޯމް އެޖެންޑާއެއްގެ މަސައްކަތް ކުރިޔަށް ދާކަން ހިއްސާ ކުރައްވާފަ އެވެއެވެ. މި މަސައްކަތުގައި މަސައްކަތުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ޕާޓްނަރުންގެ އެއްބާރުލުން މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ނިކުންނަ ނަތީޖާތަކާއި އްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: