ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އެއްބާރުލުން ދިނުމުގައި ދެމިތިބޭނަން: ޗައިނާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ ދާއިރާއަކުން ވެސް ރާއްޖެއަށް އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓަރ އަަަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ ޕޮލިޓިކަލް ބިއުރޯގެ ސެންޓްރަލް ކޮމިޓީގެ މެންބަރު ވާންގް ޔީ ދެއްވައިފިއެވެ.

އދ. ގެ 79ވަނަ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި މަޝްވަރާ ކުރައްވަމުން ރައީސް ވަނީ  ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ އެއްބަސްވުންތަކާއި މަޝްރޫއުތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށްވެސް ރައީސް ޝުކުރުއަދާކުރައްވާފައިވެއެވެ.

ރާއްޖެއަށް ޗައިނާގެ ތާއީދު ލިބެމުންދާނޭކަމުގެ ޔަގީންކަން ދެއްވާފައިވާއިރު ވަކިން ހާއްސަކޮށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގައި ދެމިތިއްބެވުމުގެ މުހިއްމުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ރައީސް ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އދ.ގެ 79ވަނަ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިތަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އދ.ގެ އާންމު މަޖިލިސް އޮންނަނީ އދ.ގެ ހެޑްކުއާޓާސްގައެވެ. އދ.ގެ އާންމު މަޖިލީހުގައި ރައީސް މުޢިއްޒު ތަގުރީރު ކުރައްވަން ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: