ރިޔާސަތު ބެލެހެއްޓުމުގެ ފުރުޞަތު ރާއްޖެއަށް ލިބުމުން، ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީ ކުރިއަރުވައި، ޑިޖިޓަލައިޒޭޝަން ފުޅާކުރުމުގެ މަގު އިތުރަށް ފަހިވެއްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޔޫއެންގެ ޖެނެރަލް އެސެންބްލީގައި ބައިވެރިވަޑައިގަތުމަށް ކުރެއްވަމުން ގެންދަވާ ދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރ ”އިންޓަރެކްޓިވް ޑައެލޮގް 3“ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ“ގެ ކޯ-ޗެއަރ ގެ ގޮތުގައި މަސައްކަތް ކުރުމަށް ރާއްޖެއަށް ވަނީ ފުރުސަތު ލިބިފައެވެ.
އެމަނިކުފާނު ވިދާޅުވީ ސަމިޓް އޮފް ދަ ފިއުޗަރ ”އިންޓަރެކްޓިވް ޑައެލޮގް 3″ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ“ގައި ކޯ-ޗެއަރ ކޮށްފައިވަނީ އިންޓަރެކްޓިވް ޑައެލޮގް އެއް ކަމަށެވެ. އަދި އެ ބައްދަލުމުގައި “ ޓުވާޑްސްދަ ކޮމަން ފިއުޗރ“ ގެ ނަމުގައި ކުރިއަށް ދިޔައީ ވަރަށް މުހިންމު ތަޤުރީރެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ޔޫއެންގައި ކުރިއަށް ދިޔަ ޝެޝަންގައި ދިވެހިރާއްޖެއިން ކޯ-ޗެއަރ ކުރަން ލިބުމަކީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ޑިޖިޓަލް އެކޮނޮމީ ފުޅާ ކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ބައިނަލް އަޤްވާމީ މުޖުތަމަޢުއެއްގައި ރާއްޖެ ތަމްސީލު ކުރުމަށް ލިބުނު ފަހި ފުރުސަތެއް ކަމަށާއި ކުރިއަށް އޮތް މުސްތަޤުބަލުގައި އެކަމުގެ ނަތިއްޖާ ރަނގަޅު ވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޑިޖިޓަލައިޒޭޝަންގައި ޒުވާނުންނަށާއި އަދި ރާއްޖޭގައި ކުރިއަށް ގެންދަން ބޭނުންވާ ކަންތައްތަކުގައި އެހީތެރިކަން ހޯދުނ ”އިންޓަރެކްޓިވް ޑައެލޮގް 3″ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ“ ގައި ހިމެނިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

