ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން މަސައްކަތްކުރަނީ ހަނގުރާމަ އިތުރަށް ފުޅާކުރަން: އީރާނުގެ ރައީސް

މަސްއޫދު ޕެޒެޝްކިއަން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރަހައްދީ ހަނގުރާމައެއް ފެށުމަށް އިސްރާއީލުން މަސައްކަތްކުރާކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން އީރާނުގެ ރައީސްކަމާއި ހަވާލުވެވަޑައިގެންފައިވާ މަސްއޫދުަވނީ އިސްރާއީލުން މެދު އިރުމަތީގައި ޖެހިފައިވާ މައްސަލަތައް އިތުރަށް ގޯސްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އީރާނު އެކަމުގެ ތެރެއަށް ވެއްދުމުގެ ގޮތުން މަޅި ޖަހަމުންދާކަމަށްވެސް ތުހުހުމަތު ކުރެއްވިއެވެ.

އެތައް މީޑިއާއެއްގެ ހާޒިރީގައި ދެއްވި މި މެސެޖުގައި ރައީސް މަސްއޫދުވަނީ ޣައްޒާގައި ކުރެވެމުންދާ ހަނގުރާމައިގެ އިތުރުން އިސްރާއީލާއި ލުބުނާނު ދެމެދު ބަދަލުކުރަމުންދާ ހަމަލާތައްވެސް އިތުރަށް ފުޅާވެގެންދިއުމަށް ބޭނުން ނުވާކަމަށެވެ. އޭނާ ވިދާޅުވީ، ތަޅާފޮޅުމަށް އެ ގައުމުން ނޭދޭކަމަށާއި މުޅި ސަރަހައްދީ ހަމަޖެހުން ނާގާލުމަށްޓަކައި ހުރިހާ ގައުމުތަކެއް ހަނގުރާމައިގެ ހާލަތަށް ވައްޓާލުމަށް މަސައްކަތްކުރަމުންދަނީ އިސްރާއީލުންކަމަށެވެ. އަދި އެ ގައުމުންދަނީ އީރާނުން ދާން ބޭނުން ނުވާ ހިސާބަކަށް ދިއުމަށް މަޖުބޫރުކުރަމުންކަމަށެވެ.

އޭނާ ވިދާޅުވީ، އިސްރާއީލުންވެސް ހަނގުރާމައެއް ބޭނުން ނުވާކަމަށް ބުނާކަމަށެވެ. އެހެންނަމަވެސް އެ ގައުމުގެ އަމަލުތައް ހުރީ އިދިކޮޅަށްކަމަށް ވިދާޅުވެ އޭނާވަނީ ލުބުނާނުގައި ޕޭޖަރުތަކެއް ގޮއްވާލައިގެން ދީފައިވާ ހަމަލާއަށް އިޝާރާތްކުރައްވާފައެވެ. މީޑިއާތަކުން ބުނާގޮތުން މަސްއޫދުވަނީ އެކަމުގެ ޒިންމާ އިސްރާއީލުގެ މައްޗަށް އަޅުވާފައެވެ. އަދި ހަމާސްގެ ޕޮލިޓީކަލް ލީޑަރު އިސްމާއީލް ހާނީ ޓެހެރާންގައި ހުއްޓާ މަރާލިކަމުގެ މައްޗަށްވެސް އަލިއެޅުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: