ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނިޝިއޭޓިވްތަކުގައި އެކުގައި މަސައްކަތްކުރަން ޔޫއެސްއެއިޑް ތައްޔާރު

ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއިއެކު ލަނޑުދަނޑިތައް ހާސިލުކުރުމުގައި މަސައްކަތްކުރުމަށް ތައްޔާރުކަމަށް ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓާރ ސަމޭންތާ ޕަވާރ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުންވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި އެމެރިކާގެ އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓުގެ އެޑްމިނިސްޓްރޭޓާރ ސަމޭންތާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަން ހާމަކޮށްފައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ނިއުޔޯކްގައި، އދގެ އާންމު މަޖިލީހުގެ ހަވާސާގައެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ސަމޭންތާވަނީ ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ތައުރީފުކޯށް އެކަންކަން ހާސިލުކުރުމުގައި އެކުގައި މަސައްކަތްކުރުމަށް ތައްޔާރުކަން ހިއްސާކުރައްވާފައިކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިކަމަށް ބުނެފައިވާއިރު ”އޯޕަން ގަވަމެންޓް ޕާޓްނާޝިޕް“ މަސައްކަތްތަކުގައި ދިވެހިރާއްޖެއަށް މެމްބަރޝިޕް ހޯދައިދިނުމުގައިވެސް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ވާހަކަދެއްކެވިފައިވާކަމަށް ބުނެފައިވެއެވެ.

މި ކަންކަމަކީ ރައީސް ޑރ މުއިއްޒު ގެންގުޅުއްވާ ގައުމީ ތަސައްވުރާއި ގުޅުން ހުރި ކަންކަން ކަމަށްވެސް ބަޔާނުގައިވާއިރު ދެ ފަރާތުންވެސް ޝައުގުވެރިވާ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުންނާއި ދެ  ގައުމުގެ ދެމެދު މަސައްކަތްތައް މެދުނުކެނޑޭކަން ކަވަށަރުކުރުމަށް މަސައްކަތްކުރުމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: