ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއަށް މަރުގެ އިންޒާރު ދިން މީހާއަށް ހަރުކަށި ފިޔަވަޅު އަޅަން ޕީއެންސީން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މީހާއަށް ހަރުކަށި ފިޔަވަޅު އަޅަން ޕީއެންސީން ގޮވާލައިފި އެވެ.

މި އިންޒާރު ދީފައިވަނީ، ރައީސް މުއިއްޒު އެމެރިކާގެ، ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ.ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަ ލައިވްކޮށް، ރައީސް އޮފީހުން ހިއްސާ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައެވެ.

މައްސަލައިގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ޕާޓީން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި ރައީސްގެ ފުރާނަފުޅަށް ގެއްލުންވާ އަމަލެއް ހިންގާނެ ކަމަށް ބުނެ ދިން އިންޒާރު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލައަކީ ދައުލަތުގެ ތަހުގީގީ އިދާރާތަކުން އިސްކަން ދީގެން ބަލަންޖެހޭ މައްސަލައެއްކަމަށް ވެސް ޕާޓީން ދެކޭކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަށީގެންވާ ހަލުވި ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށް ޕީއެންސީ ގޮވާލި އެވެ.

މިކަން ބަލައި ދިނުމަށް، އެކި އެކި ފަރާތްތަކުން ފުލުހުގައި އެދެމުން ދަނިކޮށް، ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން އެމީހާ ވަނީ ފުލުހުންނަށް ގޮން ޖަހާ، ފޭސްބުކްގައި ބައެއް ޕޯސްޓްތައް ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: