ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރައިގެ އަސަރު ކުރާނެ!

މިއަދު ވެހުނު ވާރޭގެ ސަބަބުން މާލޭގެ މަޖީދީ މަގުގައި ފެން ހެދިފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރައިގެ އަސަރު ކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާ ވިއްސާރަ މާދަމާއިން ފެށިގެން ކޮންމެވެސް ވަރަކަށް އަލިވާނެ ކަމަށެވެ. އަދި ވިއްސާރަ، ކެރިއަށް ބަދަލުވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ސުކޫލު ބަންދުގެ ތެރޭގައި ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އިން ބުންޏެވެ.

އުތުރާއި މެދުރާއްޖެތެރެއަށް 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުފައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ކަފާކޮށްފައިވެއެވެ. ނަމަވެސް، އުތުރާއި މެދުރާއްޖެތެރެއަށްވުރެ ދެކުނަށް ވައި މަޑުވާނެކަމަށްވެއެވެ. މި މުއްދަތުގައި ކަނޑުތައް މަޑުވާނީ އާދައިގެ މުއްދަތަކަށްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ވެހުނު ވާރޭގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: