ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

’ނޯތު އައިލެންޑް“ ވިއްކާލުމަށް ޔޫކޭ ރިއަލެސްޓޭޓު މާކެޓުގައި ހިމަނައިފި

ނޯތު އައިލެންޑް: ފޮޓޯ/ ޑޭވިޑް ބްރިޓަން އިންޓަރނޭޝަނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވެޓް ރިޓްރީޓެއްގެ ގޮތުގައި ރާއްޖޭގެ ރަށެއް ވިއްކާލުމަށް އިނގިރޭސިވިލާތުގެ ޕްރޮޕަޓީ މާކެޓުގައި ހިމަނައިފިއެވެ.

އިނގިރޭސި ނޫހެއްކަމަށްވާ ”މެންޗެސްޓާ އީވްނިންގް ނިއުސް“ އިން ރިޕޯޓޫކުރާގޮތުން ފުރަތަމަ ފަހަރަށް ފަހިވެފައިވާ ފުރުސަތެއްގެ ގޮތުގައި ފާހަގަކޮށް ޔޫކޭޭގެ ޕްރޮޕަޓީ މާކެޓުގައި ރާއްޖޭގެ ރަށެއް ވިއްކާލުމަށް ހިމަނާފައިވާކަމަށޭވެ. އަދި މިތަނަކީ ޕްރައިވެޓް ރިޓްރީޓެއްކަމަށާއި ޓްރޮޕިކަލް ވިލާ ކޮމްޕްލެކްސް އެއް ގާއިމުކުރުމަށް ކަނޑައަޅާފައިވާ މި ރަށް ވިއްކާލަން ޖަހާފައިވަނީ 45 މިލިއަން ޑޮލަރަށް ކަމަށެވެ.

ވަލު ސަރަހައްދެއްވެސް އޮންނަކަމަށް ފާހަގަކޮށް މާކެޓުކުރަމުންދާ މި ރަށަކީ ޕްރައިވެޓް ލެގޫންއެއްގެ އިތުރުން ރެސްޓޯރެންޓަކާއި ބާރ އަދި ޕްރައިވެޓް ސިނަމާއެއްވެސް ބިނާކުރުމަށް ކަނޑައެޅިފައިވާ ތަނެއްކަމަށް ރިޕޯޓުގައިވެއެވެ. އަދި އައު ވެރިން މިތަނާއި ހަވާލުވުމާއިއެކު އެ މަސައްކަތްތައް ކުރަން ފަށާނެކަމަށާއި މަޑުޖައްސާލާފައިވަނީ އެ ތަން ގަންނަ ބައެއްގެ ހިޔާލުވެސް ހިމަނައިގެން މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ރަށުގެ މައި ރެސިޑެންސް: ފޮޓޯ/ ޑޭވިޑް ބްރިޓަން އިންޓަރނޭޝަނަލް

ނޫތު އަތޮޅުގައި އޮންނަ ”ނޯތް އައިލެންޑް“ ގެ ގޮތުގައި ނަން ދެވިފައިވާ މި ރަށަކީ ”ސިންގަލް ރެސިޑެންސް“ ތަނެއްގެ ގޮތުގައި ބިނާކުރެވޭ ފުރަތަމަ ރަށްކަމަށްވެސް ބުނެފަިއވެއެވެ. އަދި މިތަން 45 މިލިއަން ޑޮލަރަށް މާކެޓުކުރަމުންދަނީ މަޝްހޫރު ރިއަލްއެސްޓޭޓް އެޖެންސީއެއްކަމަށްވާ ޑޭވިޑް ބްރިޓަން އިންޓަރނޭޝަނަލްއިންކަމަށެވެ.

އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޑޭވިޑްވަނީ ރަށުގައި ހުރި ފޮޓޯއެއްވެސް ނޫހާއި ހިއްސާކޮށްފައެވެ. އަދި އެތަނަކީ ސުވަރުގެއެއްކަމަށް ސިފަކޮށްފައިވާއިރު މިއީ މިހަތަނަށް މާކެޓުކުރުމަށް ލިބުނު އެންމެ އެކްސްކުލޫސިވް ފުރުސަތުކަމަށްވެސް މައުލޫމާތު ދިނެވެ. އަދި އެތަނަށް އަންނަ ފަތުރުވެރިންނަށް ވަރަށް ފާހަގަކުރެވޭ ތަޖުރިބާތަކެއް ކުރެވިގެންދާނެކަމަށެވެ.

ނޯތު އައިލެންޑް ވިލާ ކޮމްޕްލެކްސްއިން ބައެއް: ފޮޓޯ/ ޑޭވިޑް ބްރިޓަން އިންޓަރނޭޝަނަލް

ނޯތު އައިލެންޑަކީ ސޮނޭވާ ޖާނީ ޑެސްޓިނޭޝަން ރިސޯޓުން ބައެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި މިތަނުގައި ވިލާ ކޮމްޕްލެކްސް ބިނަކުރާނީ ދެމެހެއްޓިނިވި ހެޔޮ ގޮތެއްގެ މަތިން ހޯދޭ ތަކެތިންކަމަށާއި، އޭގެ ތެރޭގައި އަވަހަށް ހެދޭ ވަރުގަދަ ބެމްބޫ ނުވަތަ ޕްލާންޓޭޝަން ވޫލް ފަދަ ތަކެތި ހިމެނޭކަމަށެވެ.

ނޯތު އައިލެންޑުގެ އިތުރުން ޑޭވިޑް ބްރިޓަން އިންޓަރނޭޝަނަލްއިންދަނީ ވަކި ވަކިން ހުރި ވިލާތަކެއްވެސް މާކެޓުކުރަމުންނެވެ. އެ ވިލާތަކުގެ އަގު ފެށެނީ 4.4 މިލިއަން ޑޮލަރުންކަމަށްވާއިރު ހާއްސަ ގޮތަކަށް ފަރުމާކޮށްފައިވާ މި ވިލާތަކަކީ ލިމިޓެޑް އަދަދަކަށް ހުރި ތަންތަންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: