ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށެއް ކޮށްފިނަމަ މޮޅެއް ދެރައެއް ބެލުމެއް ނެތި އަދުލު އިންސާފު ގާއިމު ކުރަން ޖެހޭ: ހުތުބާ

ހުކުރު ހުތުބާގެ ތެރެއިން: ފޮޓޯ/ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށެއް ކޮށްފިނަމަ މޮޅެއް ދެރައެއް ބެލުމެއް ނެތި އަދުލު އިންސާފު ގާއިމު ކުރުމަށާއި ނުހައްގުން ކުށްވެރިއަކު ސަލާމަތްކުރާން މަސައްކަތްކޮށްގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައިވަނީ ގިޔާމަތް ދުވަހަކީ ބަހަނާއެއް ދެއްކޭނެ ދުވަހަކަށް ނުވާތީ އެ މަސްއޫލިއްޔަތުތަކަށް އިހުމާލުވުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. އަދިދުނިޔެމަތީގައި އިންސާނާއާ ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ގިޔާމަތްދުވަހުން ސުވާލު ކުރެވޭނެ ކަމަށާއި އެދުވަހުން އެއްވެސް ބަހަނާއެއް ނުދެއްކޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާގެ ޒަމާނުގައި ގުރައިޝުވަންހައިގެ ޝަރަފުވެރި އަންހެނަކު ވައްކަންކުރުމުން އޭނާގެ މައްޗަށް ވައްކަމުގެ ހައްދު ގާއިމުނުކުރައްވައި ދޫކޮށްދެއްވައިތޯ އުސާމާ ބުނު ޒައިދު މެދުވެރިކޮށް ގުރައިޝުން ކީރިތި ރަސޫލާގެ އަރިހުގައި ސުވާލުކުރި ކަމަށެވެ.

“ ޙަޤީޤަތުގައި ކޮންމެ މަސްއޫލިއްޔަތަކީ، މާތް ﷲ އެ ފަރާތަކާ ޙަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވާށެވެ! ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭނެތީއެވެ. އެ ދުވަހަކީ ތިމާ މި ދުނިޔެމަތީގައި ކުޅަ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް ނޫނެވެ. ބަހަނާއެއް ދެއްކޭނެ ދުވަހެއް ނޫނެވެ.“

އަދުލު އިންސާފުގެ ދާއިރާއަށް ބެލިއަސް ކޮންމެ މީހަކީ ޒިންމާދާރު މީހަކަށް ވާން ޖެހޭކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން ކުށެއް ކޮށްފިނަމަ މޮޅެއް ދެރައެއް ބެލުމެއް ނެތި އަދުލު އިންސާފު ގާއިމު ކުރުމަށާއި ނުހައްގުން ކުށްވެރިއަކު ސަލާމަތްކުރާން މަސައްކަތްކޮށްގެން ނުވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ވަޒީފާ އަދާކުރުމުގައްޔާއި ކަންކަން ކުރުމުގައި އިހުލާސްތެރިވެ ރައްޔިތުންގެ ހައްގުތަކަށާއި ގައުމީ މަސްލަހަތަށް އިސްކަންދިނުމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ގޮތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ދެ ސިފަ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރުމަކީ ނަޒާހަތްތެރިކަން ގެއްލި އަދުލު އިންސާފާއި ދުރަށް ގޮސް އަނިޔާވެރިކަމަށް މަގުފަހިވާނެ ކަންކަން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ގައުމުގެ ވަހްދަތާއި ސިޔާދަތު ދެމެހެއްޓުމީ އެންމެންގެ މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދީ ކަންކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައި މަސްއޫލިއްޔަތު އުފުލުމުގެ ތެދުވެރި ރޫހެއް ހުރެގެންކަން ހަނދާންކޮށްދީ މުޖުތަމައުގެ ކޮންމެ ފަރުދަކުވެސް ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: