ރައްޔިތުން ކެތްތެރިކަމާއިއެކު ތިބޭނީ ސަރުކާރުން ކިހާ ހިސާބަކަށް ގައުމު ގެންދަންދެންތޯ ވިސްނާލުން މުހިންމުކަމަށް އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިއުން އަމާޒުކޮށް މޫސަ ވިދާޅުވީ ސަރުކާރަށް ޑްރާމާ އާއި ފިލްމު ކުޅުން ނޫން އިތުރު ކަމެއް ނުކުރެވޭކަމަށެވެ. މިއަދު ގިނަ ދިވެހިން ތިބީ ހިތްދަތިކަމާއި ކުރިމަތިލާން ޖެހިފައިކަމަށާއި، ވެރިކަމުގެ ތެރޭގައި ރާއްޖޭގެ މަސްވެރިންނަށް ތަޖުރިބާތަކެއް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، އެދުރުވެރިންނާއި ސިފައިންނަށްވެސް ވަނީ ދަތިތައް ކުރިމަތިވެފައިވާކަމަށާއި މިވީހާތަކަށް ވެރިންގެ ސެކިއުރިޓީންނާއި މެދު އެއްވެސް ރައީސްއަކު ހަރުކަށިކޮށް އަމަލުނުކުރައްވާކަމަށް ސިފައިންގެ ފަރާތުން މައުލޫމާތު ލިބިފައިވާއިރު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފަރާތުން އެ އަމަލުތައް ފެނިގެންދާކަމަށްވެސް ހިއްސާކޮށްފައިވާކަމަށެވެ.
މޫސާ ވިދާޅުވީ، އެކަމުގެ ސަބަބުން ރައީސްގެ ނަފްސާނީ ހާލަތަށް އަސަރުކޮށްފައިވާކަން ފެނިގެންދާކަމަށާއި އެހެންކަމުން މި ވެރިކަމުގެ ކަންކަން ރައްޔިތުން ވިސްނާ ފިކުރުކޮށް ތަރުތީބުކޮށްލުމަށްފަހު، ރައީސް މުއިއްޒު ދޮގާއި މަކަރުގައި ރައްޔިތުން ޖައްސައިގެން ގައުމު ފުނޑާލާނީ ކިހާ ދުވަހަކުންތޯ ވިސްނާލަން ވެއްޖެކަމަށެވެ. އަދި ރައްޔިތުން ކެތްތެރިކަމާއިއެކު ތިބޭނީ ކިހާ ހިސާބަކަށް ގައުމު ގެންދަންދެންތޯވެސް ވިސްނާލަން ވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު އާސަންދައިގެ ހިދުމަތްތައް ލިބުމުގައި ދަތިތައް ހުރިކަމަށާއި ބެންކޮކަށް ދިއުމަށް އެއަރއެމްބިއުލާންސްއޭ ކިޔައިގެން ފެށި ދަތުރު ނިންމާލަން ޖެހެނީ ރަށަކުން ތެޔޮކޮޅެއް ދަމާލައިގެންކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުންވަނީ އެވަރަށް އާސަންދައިގެ ހާލަތު ދަށް ކޮށްލާފައިކަމަށާއި މަސްވެރިންނަށް ފައިސާ ނުދޭ ތާނގައި އެމީހުންނަށް އެ ވާހަކަތައްވެސް ދެއްކެން ނެތްކަމަށެވެ.
މޫސާ ވިދާޅުވީ، ރަށްރަކުގައި ތިބި އައިސްޕްލާންޓުތައް ހުއްޓިފައިވާކަމަށާއި ހިންގަމުންދިޔަ ޕްރޮޖެކްޓުތައްވެސް ހުއްޓާލާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ހަމައެކަނި ނުކުރާ ކަމަކަށް އޮތީ އިސްތިއުފާ ދިނުންކަމަށާއި ރައީސް އިސްތިއުފާ ދެއްވާނެކަމަށް ބެލެވޭކަމަށެވެ.

