ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި ދަން ޖެހުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ހަރަކާތްތެރިވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ނިމެންދެން ބަންދުގައި ހުރެ، ދަންޖެހިގެން އަމިއްލައަށް މަރުވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ޝަރީއަތް ނިމެން ދެން ބަންދުގައި ހުރި 62 އަހަރުގެ މީހަކު އަމިއްލައަށް މަރުވެފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާއަކީ މަގުމަތިން އަންހެނަކާއި ދިމާކޮށް، ޖިންސީ ގުޅުން ހިންގަން އެދުނު މައްސަލައެއްގެ ކުށް ސާބިތުވެ 2021 ގައި އެއް މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ މީހެކެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށް، ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވީ އިއްޔެ ކަމަށެވެ.

ދަންޖެހިގެން މީހަކު މަރުވި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ބަންދުގައި ހުރި ގޮޅީގައި ކެމެރާ ހަރުކޮށްފައި ހުރިކަން އަދި ދަން ޖެހުނު ވަގުތު ވެސް ސާފެއް ނޫނެވެ.

ޖަލުގައި ކުއްލި ގޮތަކަށް މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް، ނިންމައި އެކަން ހޯމް މިނިސްޓްރީ ހާމަކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. ޖަލު ބަންދުގައި ހުރި މީހަކު މަރުވީ ފުލުހުން ކުރި އަނިޔާތަކުގެ ސަބަބުންކަމަށް އަޑުފެތުރުނު މައްސަލައަކަށް ފަހު، އޭނާ ހުރި ގޮޅީގެ ވީޑިއޯ އާންމުކޮށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެފައި ވަނީ އާއިލާއިން ދެކޮޅު ހެދިޔަސް ޖަލު ބަންދުގައި ހުއްޓައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހަދާނެކަމަށެވެ.

ބަންދުގައި ހުރި މީހަކު ދަންޖެހިގެން މަރުވިއިރު، މިއީ މިފަހުން ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. އަންހެނަކު ރަހީނުކޮށް ބިރު ދެއްކި މައްސަލައެއްގެ ބަންދުގުގައި ހުރި އާދަމް އަތުހަރު ވެސް ފުލުހުންނަށް ފެނިފައި ވަނީ އޭނާ ގޮޅީގައި ދަންޖެހުނުތާ 30 މިނެޓު ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: